މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ‘ފަހިރޯޅި’ ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރައިފިއެވެ.
ފުލުހުން ބުނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ‘ފަހިރޯޅި’ ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު އިއްޔެ ފަތިހު 05:01 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ ބޯޓުގައި ތިބި 12 މީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަ ދަތުރުވެރިން ހިމެނެއެވެ. އެއީ ދިވެއްސަކާއި ފަސް ބިދޭސީންނެވެ. އޭގެ އިތުރުން ދެން އެ ބޯޓުގައި ތިބީ ބޯޓުގެ ކައްޕިއާއި، ވެރިފަރާތާއި، ހަތަރު ބިދޭސީ ފަޅުވެރިންނެވެ.
ފުލުހުން ބުނީ ބޯޓު ފަރަށް އަރައި، ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު އޮތީ އަޑީގައި ކަމަށެވެ.
ފިށިމަތި ހިއްކާނުލާ ފަރު ނެޖެހިގެން އުޅެންވީ ސަބަބެއް ނެތް: ނަޝީދު ހުޅުމާލޭގަައި ކާރެއް ކޮންޓްރޯލުން ނެއްޓި ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރައިފި ލަންޑަންގައި ރާއްޖެ ޕްރޮމޯޓްކުރަން ޓެކްސީ ކެމްޕޭނެއް ފަށައިފި ރާއްޖެ، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ