"މަ ސަލާމަތްކޮށްދީ މަންމާ" ލިލީގެ ވޭނުން އެންމެން ރޮއްވާލައިފި

މިހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރާ ދިވެހި ފިލްމު “ލިލީ” ގައި ގެނަސްދޭ ހާދިސާތައް ދިވާމި އަސްލު ކުއްޖާގެ ވާހަކަތައް ކުރުކޮށް އާންމުކޮަށްފި އެވެ.
ލިލީ ފިލްމުގެ ޓިކެޓް 7505079 އަށް ވައިބާ ކޮށްގެން ނުވަތަ https://book.lilythemovie.com އަށް ވަދެގެން ނެގޭނެއެވެ.
އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި އަންހެން ކުއްޖެއްގެ އަޑުން އަސަރުގަދަ ޖުމްލަތަކެއް ބުނެދީފައިވެ އެވެ. އެގޮތުން ކޮންމެވެސް މީހަކު ވަރަށް އަނިޔާ ކުރި ކަމަށާއި އޭނާ ފެނުނަސް އަދިވެސް ގަބު ވެފައި އިންނަ ކަމަށް އެކުއްޖާ ބުނެ އެވެ.
"އޮތްތަނުން ގުޑިލާނެ ގޮތެެއް ނޭނގިފަ އެބަ އޮންނަމޭ އެތައް ރެޔަކު" ރޮމުން އެ އަންހެން ކުއްޖާ ކިޔައިދެ އެވެ.
މިއާއެކު އެކަމަކު އެއީ މަގޭ މަންމައޭވެސް ވީޑިއޯގައި ބުނެ އެވެ.
ލިލީ އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހިމް ބުނީ މި ފިލްމުގައި ހަގީގީ ހާދިސާތަކުގެ ތެރެއަށް ހިޔާލީ ކަންތައްތަކެެއްވެސް އިތުރުކޮށްފައި ވާނެ ކަމަށެވެ. އަދި ހާދިސާތަކުގެ އަސްލު ނުގެއްލޭނެހެން މީހުންގެ ނަންތަކާއި ރަށުގެ ނަންވެސް ބަދަލުކޮށްފައި ވާނެކަމަށް އަޒްހާން ބުންޏެވެ.
ލިލީގެ ތިން ޝޯވގެ ޓިކެޓު މިހާރު ދަނީ ވިއްކަމުންނެވެ. މިއަދު ވަނީ އިތުރު ދެ ޝޯވގެ ޓިކެޓު ވިއްކަން ފަށާފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް ލިލީ އަޅުވަން މިހާރު ދަނީ ޓިކެޓު ވިއްކަމުންނެވެ.
މުހައްމަދު އަރީހް ޕްރޮޑިއުސް ކުރާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގު ހިމެނެ އެވެ. ފިލްމުގެ މަންޒަރުތައް ނަގާދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މިޔުޒިކްތައް ހަދާފައިވަނީ ހުަސައިން ތައުފީގު އެވެ. ލަވަތަކުގެ ޅެމާއި ރާގުތައް ހެދީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ. މީގެ އިތުރުން ފިލްމުގެ އޮރިޖިނަލް ބެކްސްކޯ ތައްޔާރުކޮށްފައިވަނީ ފަތުހުﷲ ޝަކީލް އެވެ.
ލިލީއަށް ބޮޑު ތަރުހީބެއް މުޅި ރާއްޖެއިން ލިބެމުން ދާއިރު މިފިލްމުގެ ޓިކެޓު އޮލިމްޕަހުގައި ވިއްކަން ފެށި ދުވަހު ދިގު ކިޔުއެއް މަގުގައި ހަދާފައި އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ