ހުޅުމާލެ ފޭސް އެކެއް ހަބީބް ބޭންކް ފުރަގަހުގައި ހުންނަ ލޮޓްނަމްބަރު 10154 ގައި މީގެ ކުޑައިރުކޮޅެއް ކުރިން އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ތަނަކީ އަދި އިމާރާތެއް ނުހުންނަ ބިމެކެވެ. ނަމަވެސް އެތަނުގައި ގިނަ އަދަދަކަށް ކުނިއަޅާފައި ހުރެއެވެ. އަލިފާން ރޯވެފައިވަނީ ކުނިތަކުގައެވެ. ކުނިތަކުގައި އަލިފާން ހިފިކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ ޔުނިޓަށް ލިބުމާއެކު ފަޔަރ ޓީމުން ވަނީ އެތަނަށްގޮސް އިތުރު ތަނެއްގައި އަލިފާން ހިފުމުގެ ކުރިން އަލިފާންގަނޑު ނިއްވާލާފައެވެ.
ރޯވި އަލިފާންގަނޑު ނިއްވުމުގައި ފަޔަރ ޓީމުން ހަރަކާތްތެރިވަނީ... ވޮއިސް ފޮޓޯ: އަލީ ސުލައިމާން
ރޯވި އަލިފާންގަނޑު ނިއްވާލުމުގައި... ވޮއިސް ފޮޓޯ: އަލީ ސުލައިމާން
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހަކު ބުނީ އެއީ މީހުން ވަރަށް ގިނައިން ކުނިއަޅާތަނެއްކަމަށާއި، ރޯކޮށްލީ އެ ކުނިތަކުގައިކަމަށެވެ.
އަލިފާން ރޯވުމުގެ ކުރިން... ފޮޓޯ: ވޮއިސް
އަލިފާން ރޯވިތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ފުލުހުން ދަނީ ހާދިސާ ހިނގި ސަބަބު އޮޅުންފިލުވަމުންނެވެ.
ހުޅުމާލެ ފޭސް އެކެއްގައި އަލިފާނުގެ ހާދިސާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ