އިހުލާސްތެރިކޮށް ދައުލަތް ލޫޓުވާލަނީ: ހުސައިންދީ

ބިޑަކާނުލާ ބަހާލި 2.7 ބިލިޔަންގެ ޕްރޮޖެކްޓްތަކު 90 ޕަސެންޓް މަސައްކަތް ނުކުރެވޭނެކަމަށް ފުވައްމުލަކު މެދުދާއިރާގެ ކުރީގެ މެންބަރ ވިދާޅުވެއެވެ. އޭގެން ކަޓަށް ބައެއް ކެމްޕޭންނަށް ބައެއް އެޅޭނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ. 
އޭނާ ވިދާޅުވާ ގޮތުގައި ބިޑްނުކޮށް 206 ޕްރޮޖެކްޓް ބަހާލި ބަހާލުމަކީ ސްކޭމެކެވެ. މުއިއްޒު އިސްވެހުރެ ހިންގާ އެ ސްކޭމަށް އިންވެސްޓް ކުރަނީ ބޭންކް އޮފް މޯލްޑިވްސް އިން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
ގަވަރނެންސްގެ ހަމަޔާ އުސޫލާ ހިލާފަށް ދީފައިވާ ޕޮރޖެކްޓު ތަކަކަށް ކޯރޕަރޭޓް ގަވަރނެންސްގެ ހަމަ ހިފަހައްޓާކަމަށް ވާނަމަ ބީއެމްއެލް އިން އެކަމަށް އިންވެސްޓް ނުކުރާނެ ކަމަށް އޭނާ ވިދާޅުވެއެވެ. އޭނާ އެކަން ސިފަކުރައްވަނީ މާލިއްޔަތު ގާނޫނު އޮޅާލާގެން ހިންގާ ސްކޭމެއްގެ ތެރެއިން ހިންގާ ބޮޑު ލޫޓުވުމެއް ގޮތުގައެވެ.
‏ބީލަމަށް ނުލައި ދިނުން .ދައުލަތެއްގެ ނޫނީ ރައްޔިތުންގެ މުދަލާއި ފައިސާ ވެރިމީހާ ބޭނުން ބަޔަކަށް ދެވޭނެ ކަމަށް ދުނިޔޭގެ ހަމަޔާ އިންސާފާ ކޮރަޕްޝަނާ ފަސާދައާ ދެކޮޅު އެއްވެސް ބަޔަކު ގަބޫލެއް ނުކުރާނެ. ކިތަންމެ ހެޑްލައިނެއް ހެދިޔަސް މިއަށް ލޫޓުވުން ނޫން އެއްޗެއް ނުކިޔޭނެކަމަށާއި މިއީ ދުނިޔޭގެ މާލިއްޔަތު ދަންނަ ހަމައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
‏ވާދަވެރި ބީލަމަކާނުލާ، އިއުލާނެއް ނުކޮށް ދިނީމާ އެންމެ ހެޔޮ އަގަށް އެންމެ ރަގަޅަށް ކުރާ ފަރާތް އެނގެނީ ކޮން ގޮތަކުންތޯ ސުވާލު އުފައްދަމުން ހުސެން ވިދާޅުވަނީ މި ބަހާލުން ގަަޑަށް ކޮލިފައި ވަނީ ކިހިނެއްތޯއެވެ. ކޮލިފައި ވަނީ ބައި އަޅައިގެންތޯ ވެސް އޭނާ ސުވާލު އުފައްދައެވެ. ހުސައިން ވިދާޅުވަނީ 2.7 މިލިޔަން ބަހާލުމަކީ އިޚުލާސްތެރިކޮށް ދައުލަތް ލޫޓުވާލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ