ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ރައީސް މުހައްމަދު މުއިއްޒުއަށް ދެއްވި މައުލޫމާތާއި ލަފަޔާ އެއްގޮތަށް އެ މަގާމުން ވަކިކުރި، ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ ބައިވެރިވުމެއް މި މައްސަލަތަކުގައި ނެތް ކަމަށް ބުނެ އޭނާގެ މަގާމު އިޔާދަކުރަން ހަމަ އެ ކޮމިޓީން ލަފާދީފި އެވެ.
މިގޮތަށް ކޮމިޓީން ނިންމާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ. އެ ނިންމުން ހާމަކުރަން ނިންމީ މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ނިންމުމާ އެއްގޮތަށް މަހްމޫދުގެ މަގާމު އިޔާދަކުރަން ލަފާދިން ކަން ހާމަކުރެއްވީ 241 ކޮމިޓީގެ ނައިބު މުގައްރިރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ.
މިރޭގެ ބައްދަލުވުމުގައި ކޮމިޓީގެ ކުރީގެ ނިންމުން ބަދަލުކުރި ސަބަބެއްގެ ގޮތުގައި ފަލާހު ވިދާޅުވީ، މަހްމޫދު ވަކިކުރަން ނިންމި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަ އާއި ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލަ އާއި ގުޅިގެން ލިބުނު އިތުރު މައުލޫމާތެވެ.
މަހްމޫދުގެ ސީދާ ބައިވެރިވުމެއް މިކަންކަމުގައި ނެތްކަން އެނގުނީ އިތުރަށް ލިބުނު މައުލޫމާތު ކޮމިޓީގެ މެންބަރުންނާއި ހިއްސާކޮށް މަޝްވަރާ ކުރުމަށްފަހު ކަމަށް ފަލާހު މިރޭ ވިދާޅުވި އެވެ.
މައްސަލަތަކުގައި ބައިވެރިވުމެއް ނެތް ކަމަށް ބުނެ މަހްމޫދު ރިޔާޒުގެ މަގާމު އިއާދަކުރަން 241 ކޮމިޓީން މުއިއްޒު އަށް ލަފާދީފި މައްސަލަތަކުގައި ބައިވެރިވުމެއް ނެތް ކަމަށް ބުނެ މަހްމޫދު ރިޔާޒުގެ މަގާމު އިއާދަކުރަން 241 ކޮމިޓީން މުއިއްޒު އަށް ލަފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ