މަހުމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްދޭން އެދެން 241 ކޮމިޓީން ނިންމައިފި

ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން މިދިޔަ ހަފްތާއެއްހާ ދުވަސް ކުރިން މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްދޭން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ -  ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒު، މަހްމޫދު ރިޔާޒު މަގާމުން ވަކިކުރެއްވީ މިދިޔަ މަހު 30ގަ އެވެ. މި ކަމާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ވަކިކުރަން އެދުނު މީހުންގެ ތެރޭގައި މަހްމޫދު ރިޔާޒުވެސް ހިމެނެ އެވެ.
އެ ކޮމިޓީގެ އެ ނިންމުން އަނެއްކާ ބަދަލުކޮށްފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ. ސިއްރު އެ ބައްދަލުވުމުގައި ނިންމި ނިންމުން ހާމަކޮށްފައި ވަނީ މިރޭ އެ ކޮމިޓިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނެރުނު ބަޔާނެއްގަ އެވެ.
ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ