ވައްކަމުގެ ދައުވާއަށް ކަނޑައެޅީ އެއް މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ. މުދަލަށް ގެއްލުން ދިނުމުގެ ދައުވާއަށް އިއްވީ 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ޖުވެނައިލް ކޯޓުން ވައްކަން ކުރި މީހަކު ދެ މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސ. ހިތަދޫ، ދެކުލައަރާގެ، މުހައްމަދު އަސްލަމްގެ މައްޗަށް ދައުލަތުން އުފުލީ ވައްކަން ކުރުމާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.ނޮވެމްބަރު 25، 2022 ވަނަ ދުވަހު ޖުވެނައިލް ކޯޓުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން އެ އިމާރާތަށް ވަދެ، ތިން ލެޕްޓޮޕް އޭނާ ވަގަށް ނަގާފައިވެ އެވެ. މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލީ ކޯޓު އިމާރާތުގެ ކުޑަދޮރު ހަލާކު ކޮށްލުމުންނެވެ.މި ދެ ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފު ވެފަ އެވެ. އެހެންވެ، ވައްކަމުގެ ދައުވާއަށް ކަނޑައެޅީ އެއް މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ. މުދަލަށް ގެއްލުން ދިނުމުގެ ދައުވާއަށް އިއްވީ 18 ދުވަހުގެ ޖަލު ހުކުމެކެވެ.މި މައްސަލައިގައި އަސްލަމް ހައްޔަރު ކުރުމަށް ފަހު ތަހުގީގަށް ބަންދު ކުރަން ނެރުނު ކޯޓު އަމުރުގައި ބަޔާން ކޮށްފައިވާ ގޮތުގައި މި މައްސަލައިގައި އޭނާ ހައްޔަރުކުރީ 39 ވަނަ ފަހަރަށެވެ. އޭގެ ތެރެއިން 19 ފަހަރު ޖަލުގައި ބަންދު ކޮށްފައިވެ އެވެ. އެފަހަރު ކޯޓަށް ގެންދިއުމުން ވެސް އޭނާ ވަނީ ކުށަށް އިއުތިރާފްވެ، އޭނާ ޖަލުގައި ބަންދު ކޮށްދިނުމަށް އަމިއްލައަށް އެދިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޖުވެނައިލް ކޯޓުން ވައްކަން ކުރި މީހަކު ދެމަހަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ