ހުމާމް މަރަން ކުރި ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމް މެރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއުކުރުމަށް ހުމާމް ހުށަހަޅައިފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ހުމާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުން ކުރާ ހުކުމްތައް ރިވިއުކުރުމުގެ އުސޫލެއް ހަދާފައިވީ ނަމަވެސް ސުޕްރީމް ކޯޓުން މިހާތަނަށް ރިވިއުކުރީ ވަރަށް މަދު މައްސަލަ އެކެވެ.
ހުމާމަށް ކުރި ދައުވާގެ ހައިލައިޓްސް
10 ޖެނުއަރީ 2013: އަފްރާޝީމް އަވަހާރަކޮށްލިކަމުގެ ދައުވާ ހުމާމަށް ކުރި20 ޖެނުއަރީ 2013: ހުމާމް ދައުވާއަށް އިންކާރުކުރި22 މެއި 2013: އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިއުތިރާފުވި22 މެއި 2013: ވަކީލަކު ބޭނުންނުވާ ކަަމަށް ބުނިއެކަމަކު ފަހުން ވަކީލަކު އައްޔަންކޮށް އަނެއްކާވެސް ދައުވާއަށް އިންކާރު ކުރި21 ނޮވެމްބަރު 2013: ހެކިބަސް ނަގައި ފަހު އަޑުއެހުން ބޭއްވި16 ޖެނުއަރީ 2014: ހުމާމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރި21 އޮކްޓޫބަރު 2014: ހައިކޯޓުގައި އިސްތިއުނާފު ފެށިހައިކޯޓުގައި އަފްރާޝީމް އަވަހާރަކޮށް ނުލާ ކަމަށް ހުމާމް ބުނި7 ސެޕްޓެމްބަރު 2015: ހުމާމް މަރަން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރި24 ޖޫން 2016: ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުމާމް މެރުމަށް ހުކުމްކުރި
އަނިޔާވެރި ގޮތަކަށް އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޫބަރު 1، 2012 ވަނަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު އޭނާ އޭރު ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށް ތޫނު އެއްޗަކުން ހަމަލާ ދީގެންނެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުމާމްުގެ އިތުރުން އެހެން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ހުކުމްކުރުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ