ނަޝީދު ނޫން މީހަކު ވެރިކަމުގައި ހުންނާކަށް އެ ބޭފުޅާ ބޭނުމެއް ނުވާނެ: ގާސިމް
އެހެން ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުންނަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުވަހަކު ވެސް ބޭނުންފުޅު ނުވާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.ރާއްޖޭގެ އިން ކަނޑައެޅި މައްސަލައިގައި މިރޭ ބާއްވާ ޖަލްސާއަށް ނުދާން އިލްތިމާސްކޮށް ވީޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަރުދާހަށް ބެލުމުން އޭނާ ސިފަވަނީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމް ބޭނުންވާ "ސްޓެޕިން ސްޓޯން" އެއްގެ ގޮތުގައި ކަމަށެވެ."އަޅުގަނޑަށް އިނގޭ ރައީސް ނަޝީދު އެ ދައްކަވަނީ ކޮން ވާހަކައެއްކަން. އަޅުގަނޑު ދަންނަން ރައީސް ނަޝީދު ވަރަށް ފުރިހަމައަށް. އެބޭފުޅާއަކަށް [ނަޝީދަށް] ކަމަކުނުދާނެ އެބޭފުޅާ ނޫން އެހެން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެބޭފުޅާއަކަށް ކެތެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ. "އެ ހުށަހެޅި ކަރުދާހަށް ބެލީމަ ފެންނަނީ އެބޭފުޅާ ވެރިކަމަށް ގެންނަން މަގު ކޮށައިދޭ މީހަކަށް."ރައީސް ނަޝީދުގެ އިތުރުން ގާސިމް މިއަދު ވަނީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަންޖެހޭނީ އޭނާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ."އެއްބަސްވުމުގައިވާ ގޮތުން މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އިންނަންޖެހެނީ އަޅުގަނޑު. އެކަމަކު އެމްޑީޕީ މީހުންނަށް ނުކެރުނު ކުޑަވެގެން ކޮމެޓީއެއްގެ މުގައްރިރުކަން ވެސް ނައިބު މުގައްރިރުކަން ވެސް ނުދިން،" ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ އޭރު ކުރެވުނު މަޝްވަރާތަކުގައި ނަޝީދުގެ ފަރާތްޕުޅުން ތަފްސީލީ ކަރުދާހެއް ހުށައެޅުއްވި ކަމަށާއި ނަމަވެސް އެ ކަރުދާހުގައި ހުރި ކަންކަމުން ހާމަވީ އެމަނިކުފާނަކީ ނަޝީދު ވެރިކަމަށް ގެނެސްދޭން މަގު ކޮށައިދޭ މީހަކަށް ހެއްދެވުން ކަމަށް ވިސްނިވަޑައިގެންނެވި ކަމަށެވެ.""އެ ހުށައެޅި ކަރުދާހަށް ބެލީމަ އަޅުގަނޑަށް ފެންނަަނީ އަޅުގަނޑު މީ އެމަނިކުފާނު ވެރިކަަމަށް ގެންނަން މަގުކޮށައިދީ ހަދަން ހުރި މީހެއް ކަަމަށް. ނޫނީ އެހެން ގޮތަަކަށް ދަންނަވަންޏާ އަޅުގަނޑު މި ވަނީ ސްޓެޕިން ސްޓޯނަކަށް." ގާސިމް ވިދާޅުވި އެވެ.މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމް ނިންމެވި އިރު، އޭނަ 2008 އާއި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި އެވެ.މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ