އިންތިޚާބަކާއި ނުލާ އަނެއްކާވެސް ޖޭޕީގެ ލީޑަރުކަމަށް ގާސިމް

އިންތިޚާބަކާއި ނުލާ އަނެއްކާވެސް ޖޭޕީގެ ލީޑަރުކަމަށް ގާސިމް އިންތިޚާބުވެއްޖެއެވެ.
މިމަހުގެ 24 ވަނަ ދުވަހު ބާއްވާ ޕާޓީގެ ކޮންގްރެސްގައި މަގާމުތަކަށް މެމްބަރުން އައްޔަންކުރުމަށް މަގާމްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވެއެވެ.
ޕާޓީގެ ސްޕޯކްސްޕަރސަން އަލީ ސޯލިހު ވިދާޅުވީ ގާސިމް އެމަގާމަށް އިންތިޚާބުވެފައިވަނީ އެމަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ.
ޕާޓީގެ ލީޑަރުކަމަށް ގާސިމް އިންތިޚާބުވެފައިވާއިރު ޕާޓީގެ ނައިބު ލީޑަރުކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއެކު 12 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އެއީ:
ޖޭޕީން ތައްޔާރުވަމުން އަންނަނީ އެޕާޓީގެ ގައުމީ ކޮންގްރެސްއަށެވެ. ގައުމީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24ގައެވެ.
ގައުމީ ކޮންގްރެސްގައި ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތެއްވެސް ކަނޑައަޅާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ