ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭން މިހާރު ކުރިއަށް ދާއިރު، ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން ނާންނަ ގޮތަށް، ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮމަންޑޫ ދާއިރާގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހު ފަހެއްގަ އެވެ. އެކި ޕާޓީތަކާއެކު އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، ކެމްޕޭން ކުރުމުގައި އިންތިހާބަށް ނުރަނގަޅު ނުފޫޒު ފޯރާފާނެ ފަދަ ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށް އީސީން ބުނެ އެވެ.
އެނގުން މުހިއްމު: ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ތިން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ:
އެމްޑީޕީގެ ކެންޑިޑޭޓު، މުހައްމަދު ރާޝިދު
ޕީޕީއެމްގެ ކެންޑިޑޭޓު، ގާނޫނީ ވަކީލު މޫސާ ފަތުހީ
އެމްއެންޕީގެ ކެންޑިޑޭޓު، ތައުލީމީ ދާއިރާގެ ތަޖުރިބާކާރު އަބްދުލްހަންނާން އިދުރީސް
ބުނީ ކީކޭ؟: އީސީން ބުނީ ކެމްޕޭން ހަރަކާތް ހިންގުމުގައި އެއްވެސް ސިޔާސީ ޕާޓީއަކުން، ނުވަތަ އެއްވެސް ކެންޑިޑޭޓެއް ތަމްސީލު ކުރާ ފަރާތަކުން، އަނެއް ކެންޑިޑޭޓުގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މިކަމާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެކަމާ ގުޅޭ ފޯމަކުން އެ ކޮމިޝަނަށް އެންގުމަށް އީސީން އެދެ އެވެ.
ފަސް މަންޒަރު - ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމާ ގުޅިގެންނެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބު: ގަވައިދާ އެއްގޮތަށް ކެމްޕޭން ކުރުމަށް އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ