ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ
ޕްލޭން އެކުލަވާމުގުގެ މަސައްކަތް ފެށުމުގެ ގޮތުން އިންސެޕްޝަން ރިޕޯޓް ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ ނެކްސިއާ އިން ހިއްސާކޮށްފިއެވެ.
އުމަރު ޒާހިރު ބިލްޑިންގައި އިއްޔެ ކުރިއަށްދިޔަ ބައްދަލުވުމުގައި ނެޝަނަލް ޑެވެލޮޕްމަންޓް ޕްލޭން ޕްރޮޖެކްޓްގެ ޓީމްގެ ލީޑަރު ހާމިދު
ސޯދިގު ވަނީ ނެޝަނަލް ޑެވެލޮޕްމަންޓް ޕްލޭން އެކުލަވާލުމަށް މަސައްކަތް ރާވާފައިވާ
ގޮތާއި ސްޓޭކްހޯލްޑާރ އެންގޭޖްމަންޓް
ސްޓްރެޓެޖީ ހުށަހަޅާ ދެއްވައި އިންސެޕްޝަން ރިޕޯޓު ބައިވެރިންނާ ހިއްސާކޮށްފައެވެ. އަދި މި މަޝްރޫއުގައި މަސައްކަތް ކުރައްވާ ކޯ ގުރޫޕް ތައަރާފުކޮށްދެއްވާ މި
މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މެތޮޑޮލޮޖީ
އަދި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ހޯދުމުގެ މަސައްކަތް ރާވާފައިވާ ގޮތް
ބައިވެރިންނާ ހިއްސާ ކުރެއްވިއެވެ.
ނެކްސިއާއިން ބުނީ، ގައުމީ ތަރައްގީގެ ޕްލޭންގެ
އެކުލަވާލުމުގެ މަސައްކަތުގެ ދެވަނަ މަރުހަލާގެ ގޮތުގައި ކުރިއަށް ދާނީ މި ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން ކަމަށެވެ.
ކަމާބެހޭ އިދާރާތަކާއެކު ނެކްސިއާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ނެކްސިއާ
މިއީ ރައްޔިތުންނާ
ގާތުން އެމީހުންގެ ހިޔާލާއި މަޝްވަރާގެ މަތިން އެކުލަވާލާ ޕޮލޭނަކަށް ވާތީ މި
ޕްލޭން އެކުލަވާލުމަށް ފަންނީ ބޭފުޅުންގެ ލަފަ އާއި، އާއްމުންގެ ހިޔާލާއި، ފޯކަސް ގުރޫޕް
ޑިސްކަޝަންތައް އަދި ސްޓޭކްހޯލްޑާ ބައްދަލުވުންތައް
ބާއްވާ މައުލޫމާތު އެއްކުރެވޭނެއެވެ. މި މައުލޫމާތުގެ އަލީގައި ޑޭޓާ ޕްރޮސެސް އަދި
އެނަލިސިސް ހަދާ ފުރަތަމަ ޑްރާފްޓެއް އެކުލަަަވާލައި އޭގެ ފަހުން ތަޖުރިބާކާރުންގެ
ލަފާ ހޯދައި މި ޕްލޭންގެ މަސައްކަތް ނިންމާލާ ކަމާބެހޭ އިދާރާ އަށް ހުށަހަޅާނޭކަމަށް ނެކްސިއާއިން ބުންޏެވެ.
ކަމާބެހޭ އިދާރާތަކާއެކު ނެކްސިއާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ނެކްސިއާ
ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވި މިނިސްޓްރީތައް:
- މިނިސްޓްރ އޮފް ހެލްތް
- މިނިސްޓްރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން
- މިނިސްޓްރ އޮފ ސޯޝަލް އެންޑް ފެމިލ ޑެވެލޮޕްމަންޓް
- މިނިސްޓްރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އެންޑް ޓްރޭޑް
- މިނިސްޓްރ އޮފްސިޓީސ,ް ލޯކަލް ގަވަމަންޓް އެންޑް
ޕަބްލިކް ވޯކްސް
- މިނިސްޓްރ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރ އޮފް ފައިނޭންސް އެންޑް ޕެލޭނިންގ
ކަމާބެހޭ އިދާރާތަކާއެކު ނެކްސިއާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ނެކްސިއާ
ޕްރޮޖެކްޓްގެ ގަވަނަންސް ސެޕްޝަލިސްޓްގެ ގޮތުގައި
މަސައްކަތް ކުރަނީ ނަޝީތު ތޯހާ އެވެ. ނެކްސިއާއިން ބުނީ، ރާއްޖޭގެ އިގްތިސޯދ،ީ އިޖްތިމާއީ ،ގަވަނަންސް އަދި
ތިމާވެއްޓަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ތަރައްގީ ދިގު
މުއްދަތަކަށް ބައްޓަން ކުރުމަކީ ނެކްސިއާ އިން އެކުލަވާލާ ދިވެހިރާއްޖޭގެ 20
އަހަރުގެެ ޤައުމީ ތަރައްގީގެެ ޕްލޭންގެެ މައިގަނޑު ބޭނުންކަމަށެވެ.
ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މި ޕްލޭނަކީ ރާއްޖޭގެ ތަރައްޤީގެ ކުރިމަގަށް ކުރެވޭނެ ފައިދާހުރި އަދި ބިނާކުރަނިވި މަސައްކަތަކަށް ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
ޤައުމީ ތަރައްޤީގެ ރިޕޯޓް ފަރުމާކުރާނޭ ގޮތުގެ ތަސައްވުރު ސްޓޭކް ހޯލްޑަރުންނާ ހިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ