މާލޭ ބޮޑުތަކުރުފާނުމަގު ހެދުމުގެ މަސައްކަތް ކުރަމުންދާތީ ޖުމްހޫރީ މައިދާންގެ ބަސް ހުއްޓިއަށް ދަތުރުކުރާ ބަހުގެ ހިދުމަތް އަންނަ އޮކްޓޫބަރުގެ ނިޔަލަށް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - އެމްޓީސީސީން މިއަދު ބުނިގޮތުގައި އެ ބަސް ހުއްޓީގެ ހިދުމަތް މެދުކަނޑާލާފައިވަނީ މާދަމާއިން ފެށިގެން އެމްއެމްއޭ ސަރަހައްދުން ފެށިގެން އިއްޒުންދީން ޖެޓީއާ ހަަމައަށް އޮންނަ މަގު ބަންދުކުރުމާ ގުޅިގެންނެވެ.
އެހެންވެ:
މާދަމާއިން ފެށިގެން އަންނަ 13 އޮކްޓޫބަރުގެ ނިޔަލަށް ޖުމްހޫރީ މައިދާން ބަސް ހުއްޓިއަށް ބަސް މަޑެއް ނުކުރާނެ
އެނގުންް މުހިންމު - ބޮޑުތަކުރުފާނު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް މާދަމާއިން ފެށިގެން 13 އޮކްޓޫބަރުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ވަނީ ބަންދުކޮށްފަ އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެއްބަސްވުމުގެ ދަށުން:
ހެންވޭރު ފެރީ ޓާމިނަލު ސަރަހައްދުން ފެށިގެން މާލޭ މަސްމާރުކޭޓާ ހަމައަށް ތާރުއަޅާނެ؛ އެއީ 830 މީޓަރުގެ ސަރަހައްދެއް
737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލިންގެ މަސައްކަތް ކުރާނެ
މި މަސައްކަތް ހަވާލުކޮށްފައިވަނީ 455 ދުވަހުން ނިންމާ ގޮތަށް؛ މަސައްކަތުގެ އަގަކީ 144.50 މިލިއަން ރުފިޔާ
ޖުމްހޫރީ މައިދާން ކައިރި ގިނަ ދުވަހަށް ބަންދުކުރަނީ؛ ޓްރެފިކަށް ބޮޑު ބަދަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ