ޚަލީލް 'އިންޑިއާ އައުޓް' ޓީޝާޓެއްގައި ހުންނެވި ފޮޓޯއަކާއެކު، އިތުރުފުޅު ހެއްދެވިކަމަށް ބުނާ މައްސަލައެއް މަޖިލީހަށް

ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް 'އިންޑިއާ އައުޓް' ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަ މަންޒަރު ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމުން އެއީ އިތުރުފުޅެއް ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމް މިއަދު މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ. މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިދިޔަ ބުދަ ދުވަހު ޚަލީލް ވަޑައިގަތުމުން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ، "އިންޑިއާ އައުޓް" ކެމްޕެއިންގައި އެ އިބާރާތް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ވަޒީރު ހުންނެވިންތޯ އާއި އިންޑިއާއާ އެކީ ޚާރިޖީ ގުޅުން ގާއިމުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވިތޯ ސުވާލުކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޚަލީލް ވަނީ އިންޑިއާ އައުޓް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަ މަންޒަރު ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/209885 "ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައެއް ނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓައެއް، އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިފައި އޮވެދާނެ. އަޅުގަނޑު އެ ކަމާ ފަޚުރުވެރިވަން،" ޚަލީލް ވިދާޅުވެފައިވެއެވެ. އެ ބަސްފުޅާ ގުޅުވައި، މީކާއީލް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގައި ވަނީ، އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވަނިކޮށް ނުފެންނާނެ ކަމަށް ޚަލީލް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާއިން ފެނިފައިވާ ކަމަށެވެ. https://x.com/mickailnaseem/status/1957457520563515536 އެ މައްސަލައާއެކު މީކާއިލް ވަނީ، ކޮވިޑް ދުވަސްވަރު ޚަލީލް 'އިންޑިއާ އައުޓް' ޖަހައިފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން މަގުމަތީގައި ހުންނެވި ފޮޓޯއެއް ކަމަށް ވިދާޅުވެ، ފޮޓޯއެއް ވެސް ހިއްސާކުރައްވައިފައެވެ. މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް'ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ކެމްޕޭނެއް ކުރުމަށް ފަހުގައެވެ. އޭރު އެންމެ ބޮޑަށް ނުރުހުން ފާޅުކުރީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކުރިމަތީގައި ބޮޑުކޮށް 'އިންޑިއާ އައުޓް' ޖަހާފައިވާ ޓީޝާޓް މި ސަރުކާރުގެ ގިނަ ވެރިން ތުރުކުރެއްވިއެވެ. ރައީސް މުއިއްޒު ވެސް އެ ޓީޝާޓް ތުރުކުރެއްވިއެވެ. އިންޑިއާގެ ނޫހަކަށް މީގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ޚަލީލް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސް ނަންގަވައިގެން ކުރިއަށް ގެންދެވި ހަރަކާތެއް ކަމަށެވެ. އަދި، މިހާރު އެ މަނިކުފާނަކީ ވެރިކަން ކުރާ ޕީއެންސީން މުޅި ދުރުގައި ހުންނެވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ. މި ސަރުކާރު އައި ފަހުން ވެސް ޑެޕިއުޓީ މިނިސްޓަރުންތަކެއް މީސްމީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ދުވަހަކު ގޯސްނުވާ މިންވަރަށް ގޯސްވިއެވެ. އެކަމަކު، އެ ފަހުން ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެ ގޮތުން، މިދިޔަ 60 ވަނަ މިނިވަންދުވަސް ޝަރަފުވެރިކޮށްދެއްވަން މޯދީ ރާއްޖެ ވަޑައިގެންފައިވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ