މުއިއްޒު ސަރުކާރުން ކިތަންމެ ނުރުހުނަސް ނޫސްވެރިން ހާމަ ކުރާނެ!

މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓު ކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް މީޑިއާ ކޮންޓްރޯލް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލާ ދެކޮޅަށް މަސައްކަތް ކުރާ ކޮންމެ ނޫސްވެރިއެއް ވެސް އެ ބިލާ ދެކޮޅަށް ނުކުމެ އެ ތިބީ އެއީ ކިހާ ނުރައްކާތެރި ބިލެއްކަން އެނގި ތިބެ އެވެ.ނޫސްވެރިކަމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ވަރަށް ފުޅާ ހައްގެކެވެ. ދައުލަތާއި ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީކުރުވައި، ފާރަވެރިވާން އޮތް ޑިމޮކްރަސީގެ ހަތަރު ވަނަ ބާރެވެ. އެ ބާރު ހަނިކުރަން ކުރެވޭ ކޮންމެ ކަމެއް ވާނީ ފަހަތަށް އަޅާ ބޮޑު ފިޔަވަޅަކަށެވެ.ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މީޑިއާ ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މަގު ބަންދު ކުރެވޭނެ ގޮތަށެވެ. އެ ބިލުގެ ދަށުން ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ ބާރު ރައީސް މުހައްމަދު މުއިއްޒަށް ނެގޭނެ މަގު ވެސް ބިލުން ފަހިވެ އެވެ.އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.ނަމަވެސް ދަންނަވަން ތޯ އެވެ. ދުނިޔޭގެ ހަގީގަތަކީ ހިޔާލުގައި ދެނެތް ތަޅެއް ނޭޅުވޭނެ އެވެ. އެއީ ދައުލަތުގެ ތިޖޫރީ ލިބުނަށް އަދި ވާނެ ކަމެއް ނޫނެވެ. ނޫސްވެރިންނާ ނުލައި ޑިމޮކްރަސީ ފުރިހަމައެއް ވެސް ނުވާނެ އެވެ. އެއީ މިއަދު ދުނިޔެ ބަލައިގަނެފައިވާ ހަގީގަތެވެ. ވެރިކަމުގައި ތިބި ބައެއްގެ ކޮރަޕްޓް ވާހަކަތައް ރިޕޯޓް ކުރުމުން އެކަންކަން ހުއްޓުވޭނެ ކަމަށް މުއިއްޒު ސަރުކާރުގެ ސިޔާސީން ގަބޫލުކުރުމަކީ މޮޔަކަމެކެވެ.އަދި އެއް ވާހަކަ އެވެ. ގާނޫނުއަސާސީއިން ލިބިދޭ، ކަށަވަރުކޮށްދޭ ހައްގެއް ގެއްލޭ ގޮތަށް އެހެން ގާނޫނެއް ހެދުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫނެވެ. މުއިއްޒު ސަރުކާރުން ކިތަންމެ ނުރުހުނަސް ނޫސްވެރިން ހާމަ ކުރާނެ އެވެ. އެއީ ދުނިޔެ ދައްކަމުންދާ ހަގީގަތެވެ.ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާތަކުގެ ކޮންޓްރޯލް ނަގާ ބިލަށް ވެރިކަން ކުރާ ޕާޓީ އަދި މަޖިލީހުގެ ބައިބޯ ޕާޓީ، ޕީއެންސީން ފުރިހަމައަށް ތާއީދު އެބަ ކުރެ އެވެ. ނަމަވެސް މީޑިއާތައް ރެގިއުލޭޓް ކުރެވި އަދި ނޫސްވެރިން އަތްދަށު ލެވޭނެ ކަމަށް ތިޔަބޭފުޅުން ނަށް "ހީފުޅުވިޔަސް" ދުނިޔެ އެއްބަސް ނުވާ ގިނަ ކަންކަން ވަނީ ބިލުގައި ހިމަނާފަ އެވެ. އެއީ:ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރާ ތިން މެމްބަރުން؛ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ވެސް މަޖިލީހުންމީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންމި ކޮމިޝަނަށް އައްޔަންކުރާ މީހުންގެ އުމުރު ވެސް 30 އަހަރަށް މަތިކުރަން ހިމަނާފައިވޭ؛ މިހާރު އޮންނަނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭ ގޮތަށްމީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް މި ކޮމިޝަނުގެ މެމްބަރަކަށް ނުވެވޭނެކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމަށް އިންތިހާބު ބާއްވަންޖެހޭނީ އިލެކްޝަން ކޮމިޝަނުންކޮމިޝަނަށް މެމްބަރުން އައްޔަންކުރެވެންދެން ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށް ބިލުގައިވެ އެވެ. މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000ރ. އާ 100،000ރ. ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރުކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރުކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000ރ. އާއި 25000ރ. އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރުޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ