ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުގައި ޑައިވް ނުކުރަން އެދިއްޖެ

"ރަސްމާލެ" ތަރައްގީ ކުރުމަށް ކ. ފުށިދިއްގަރުފަޅުން ހިއްކަމުން އަންނަ ސަރަހައްދުގައި ޑައިވް ނުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އިލްތިމާސްކޮށްފިއެވެ.އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ސައިޓް ސީ އާއި އީ އިން ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކާއި ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރަކްޓަރެއްގެ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.އެޗްޑީސީން ވަނީ ބިން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދާއި އެ ތަނުގައި ޑްރެޖާ ދަތުރުކުރާނެ ރޫޓުގެ ޗާޓެއް ވެސް އާންމުކޮށްފަ އެވެ.އެޗްޑީސީން ބުނީ އެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އަދި އެ ސަރަހައްދުން ކަނޑު ދަތުރުކުރާއިރު ވެސް ރައްކާތެރިކަމަށް ސަމާލުކަން ދިނުނަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.އެޗްޑީސީން ވަނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516އަށް ގުޅުމުންނާއި hello@hdc.mv އާއި projects@hdc.mvއަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ