މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލުން، އެދެނީ ބިލު ފާސްކުރިއަސް ތަސްދީގުނުކުރަން: އެމްއެމްސީ

މީޑިއާތައް ކޮންޓްރޯލްކުރުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލުން ކަަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރިޔަސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލު ތަސްދީގު ނުކުރެއްވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މިރޭ އެދިއްޖެއެވެ. މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު، އެ ބިލުގެ މަސައްކަތަށް އިސްކަންދީގެން މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ބާއްވާފައެވެ. ޖަލްސާ ކުރިއަށް ދިޔައިރު، ނޫސްވެރިން ދިޔައީ މަޖިލިސް އިދާރާ ބޭރުގައި މުޒާހަރާ ކުރަމުންނެވެ. އެކަމަކު ސަރުކާރުގެ 49 މެންބަރުންގެ ތާއިދާއެކު މަޖިލީހުން ވަނީ އެ ބިލު ބަލައިގެންފައެވެ. https://x.com/sunbrk/status/1960734695559454769 ބިލާ ދެކޮޅަށް ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްއެމްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކައުންސިލްގެ ރައީސް ހުސައިން ސަގީފް ވިދާޅުވީ، މިހާރު ހުށަހަޅާފައި އޮތް ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެ ކަމަށާއި ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ދިޔުމުގެ ބިރު އެބަ އޮތް ކަމަށެވެ. މިފަދަ ބިލެއް ފަރުމާކުރާއިރު، ދާއިރާގެ ތަޖުރިބާކާރުންގެ ޚިޔާލު ހޯދަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަން ނުކޮށް މިފަދަ ބިލެއް ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް 'ތިލަދުން އޮންލައިން'ގެ ސީއީއޯކަން ވެސް ކުރައްވާ ސަގީފް ވިދާޅުވިއެވެ. މިޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފް އެހެންކަމުން އެ ބިލު ބޭރުކޮށްލައި، މަޖިލީހުގައި ބިލާ ގުޅޭ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދަން އޭނާ ގޮވައިލެއްވިއެވެ. އަޅުގަނޑުމެން މީޑިއާ ކައުންސިލްގެ އެދުމަކީ އަދިވެސް ބިލުގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންގޮސް ހަމަ ތަޅުމުން ބޭރުކޮށްދިނުމަށް. ފާސްކޮށްފި ހާލަތެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުނުކޮށް، ފޮނުވާލެއްވުމަށް،މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފް މީޑިއާ ކައުންސިލްގެ މެންބަރު ފާތިމަތު ނަހުދާ ފާއިޒް ވިދާޅުވީ، މިއީ ހަމައެކަނި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމާއި ގުޅިފައި އޮތް ބިލެއް ނޫން ކަމަށެވެ. އެގޮތުން، މިނިވަން ނޫސްވެރިކަން ގުޅިފައި އޮންނަނީ ރައްޔިތުންނާކަން ހަނދާންކުރަން ޖެހޭކަމަށް ނަހުދާ ވިދާޅުވިއެވެ. މީޑިއާގެ މިނިވަންކަމަކީ ހަމައެކަނި ނޫސްވެރިންނާ ގުޅިފައި އޮންނަ ކަމެއް ނޫން. މިއީ ގައުމެއްގެ ރައްޔިތުންނާ ގުޅިފައި އޮންނަ ކަމެއް. އަޅުގަނޑުމެން ނޫސްވެރިންގެ އަޑު ކަނޑުވާލައިފިނަމަ އެ ކެނޑުވެނީ ރައްޔިތުންގެ އަޑު،މީޑިއާ ކައުންސިލްގެ މެންބަރު ފާތިމަތު ނަހުދާ ފާއިޒް މީޑިއާ ކައުންސިލްގެ މެންބަރު ފާތިމަތު ނަހުދާ ފާއިޒް ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުން ނޭދެވޭ އަސަރު ކުރާނީ ނޫސްވެރިންނަށް އެކަނި ނޫން ކަމަށާއި ސޯޝަލްމީޑިއާގައި ޚިޔާލު ފާޅުކުރާ މީހުން ވެސް އޭގެ ތެރޭގައި ހިމެނޭކަމަށް ނަހުދާ ވިދާޅުވިއެވެ. މީޑިއާ ކައުންސިލްގެ އެހެން މެންބަރުން ވެސް ވަނީ، ބިލު އަނބުރާ ގެންދިޔުމަށް މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފައެވެ. ބިލާ ގުޅޭ ކަންބޮޑުވުންތައް އެމްއެމްސީން ފާހަގަކުރިއިރު، ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިތީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވަނީ ވިދާޅުވެފައެވެ. https://sun.mv/210539 އެ ވާހަކައާ ގުޅިގެން ފަލާހުއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނައިރު، އެކަމަށްޓަކައި ހުރިހާ ނޫސްވެރިންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް މީޑިއާ ކައުންސިލުން މިރޭ ފާހަގަކުރިއެވެ. އެ ބިލާ ގުޅޭ ގޮތުން، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ބައެއް ނޫސްވެރިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ، ބިލު މިހާރު އޮތް ގޮތުން ކޮމިޓީ މަރުހަލާގައި ވެސް އެދެވޭ ގޮތެއްގައި އިސްލާހު ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، ބިލު ބޭރުކޮށްލައި، ކަމާ ގުޅުންހުރި ފަރާތްތަކާއި ބޭރުގެ ލަފަޔާއެކު އައު ބިލެއް އެކުލަވާލަން އެ ނޫސްވެރިން ގޮވައިލެއްވިއެވެ. މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. މީގެ އިތުރުން، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ