ސެމްސަންގް ގެލެކްސީ އެސް26 އަލްޓްރާގެ 3x ޓެލެފޯޓޯ ކެމެރާ 10 އެމްޕީއިން 12 އެމްޕީއަށް އަޕްގްރޭޑްވާނެ ކަމަށާއި ފޯނުގެ ބޯމިން ތުނިވާނެ ކަމަށްވޭ

ޓެކްނޮލޮޖީ ނޫހެއްކަމުގައިވާ އެންޑްރޮއިޑް އޮތޯރިޓީއިން ފާހަގަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތު ލިބިފައިވަނީ އިތުބާރުހުރި މޮބައިލް ޓެކްނޮލޮޖީ ލީކާ އައިސް ޔުނިވަރސްއިންނެވެ. އޭނާ ވީބޯގައި ޝެއާކޮށްފައިވަނީ އެސް26 އަލްޓްރާއަށް އަންނަ އަޕްގްރޭޑްތަކުގެ ތަފްސީލެވެ؛ ޚާއްސަކޮށް އޭގެ ކެމެރާ ހާޑްވެއާއާ ބެހޭގޮތުންނެވެ.
އަޅާކިޔުމަށްޓަކައި، މިހާރުގެ އެސް25 އަލްޓްރާގައި ހިމެނެނީ 12 އެމްޕީ އަލްޓްރާ-ވައިޑް ސެންސަރެއް، 200 އެމްޕީ މައި ކެމެރާ، އަދި 10 އެމްޕީ ޓެލެފޯޓޯ ލެންސްއެކެވެ. އައިސްގެ މައުލޫމާތުން ދައްކާ ގޮތުން، އެ ފޯމިއުލާ އެސް26 އަލްޓްރާގައިވެސް ދެމިހުންނާނެ އެވެ. އެއީ ގާތްގަނޑަކަށް 3x ޓެލެފޯޓޯ ލެންސް 10 އެމްޕީއިން 12 އެމްޕީއަށް އިތުރުވާނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މިއީ ޕޯޓްރެއިޓް ފޮޓޯ ނެގުމަށް ޝައުގުވެރިވާ މީހުންނަށް ލިބޭނެ ކުޑަ ކުރިއެރުމެކެވެ.
ބާކީ ހުރި ހާޑްވެއާއަށް ބަލާއިރު، އެސް26 އަލްޓްރާގައި 5,000 މިލިއެމްޕް ބެޓަރީ ދަމަހައްޓާނެ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް، ބަދަލުވަނީ ފޯނުގެ ޝޭޕެވެ. އައިސް ބުނާގޮތުން އާ މޮޑެލްގެ ބޯމިން 7 މިލިމީޓަރުގެ ރޭންޖަށް ހަނިވާނެ ކަމަށާއި، އެސް25 އަލްޓްރާގެ 8.2 މިލިމީޓަރުގެ ބޯމިނާ އަޅާބަލާއިރު ތުނިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ