އަލްކަރާޒާއި ފްރިޓްޒް ވިމްބަލްޑަންގެ ސެމީއަށް

ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީފައިނަލުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒާއި ފަސްވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒް ޖާގަ ހޯދައިފިއެވެ. އެ މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހެވެ. މި މުބާރާތުގެ ސެމީ ފައިނަލުން އަލްކަރާޒް ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އިނގިރޭސިވިލާތުގެ ކެމަރޮން ނޯރީއާ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ތިން ސެޓު އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ 6-2، 6-3 އަދި 6-3 އިންނެވެ. މެޗަށް ފަހު ވާހަކަދައްކަމުން އަލަކްރާޒް ބުނީ، އަނެއްކާ ވެސް ވިމްބަލްޑަންގެ ސެމީ ފައިނަލްގައި ކުޅެން ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ. މިހާރު އޭނާގެ އަމިއްލަ އިތުބާރު ވަރަށް ބޮޑަށް އެބައޮތް ކަމަށާއި މިއީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކުނު މެޗު ކަމަށެވެ. މި ކާމިޔާބީއާ އެކު މުބާރާތުގެ ސެމީ ފައިނަލުގައި އަލްކަރާޒް ބައްދަލުކުރާނީ ފްރިޓްޒާއެވެ. މުބާރާތުން ފްރިޓްޒް ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި 17ވަނައަށް ސީޑު ކުރެވިފައިވާ ކަރެން ހަޗަނޯވްއާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ދެ ސެޓު ފްރިޓްޒް 6-3 އަދި 6-4 އިން ކާމިޔާބު ކޮށްފައިވަނިކޮށް ތިންވަނަ ސެޓު 6-1 އިން ކާމިޔާބުކޮށްފައިވަނީ ހަޗަނޯވްއެވެ. އަދި، ފަހު ސެޓު ވަރަށް ވާދަވެރި ކުޅުމަކަށް ފަހު ޓައިބްރޭކަކަށް ގޮސް 7-4 އިން ކާމިޔާބުކޮށްފައިވަނީ ފްރިޓްޒްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ