ގއ. ވިލިނގިލީގައި ހުންނަ އުރީދޫގެ އެންޓަނާއަށް ހޮނު ނާޅާ ކަމަށާއި އެންޓެނާގެ އެއްވެސް އިކިއުޕްމަންޓަކަށް ވެސް ގެއްލުން ނުލިބޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވިލިނގިލީގެ އުރީދޫ އެންޓެނާއަށް ހޮނު އެޅި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އަދަދު އިން އެ ކުންފުންޏާ ސުވާލު ކުރުމުން ބުނީ ހޮނު އެޅުމުގެ ސަބަބުން އެ ރަށުން އުރީދޫގެ ހިދުމަތްތަކަށް ބުރޫ އެރި ނަމަވެސް، އުރީދޫ އެންޓެނާއަށް ހޮނު އެޅި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
"އެންޓެނާ ހުރި ސައިޓަށް ވަދެ ބެލިއިރުގައި ނެތް އެއްވެސް އިކިއުޕްމަންޓަކަށް އަނެއްހެން ގެއްލުންވެފައި. އެއްޗެއްގައި ރޯވެފަކާއެއް. އަނދަފާކާއެއް. އެއްވެސްކަހަލަ ވަހެއް އެއްޗެއް ވެސް ނެތް. ބެޓްރި ހުރީ ގިނައިރުވީމަ ހުލިވެފައި. ސައިޓަށް ކަރަންޓު ދޭން މަގުމަތިން ކޭބަލް އައިސްފައި އިންނަ ބޮކްސް އިނީ ހަލާކުވެފައި،" އޭނާ ބުންޏެވެ.
އުރީދޫއިން އިތުރަށް ބުނީ އެ ކުންފުނިން ގެންގުޅޭ ޓެކްނޮލޮޖީ އާއި އިކިއުޕްމަންޓްތަކަކީ ބައިނަލްއަގުވާމީ ސްޓޭންޑަޑަށް ކަމަށްވާއިރު، އެންޓެނާތަކުގައި ހޮނު ނާޅާ އިކިއުޕްމަންޓްތައް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.
އުރީދޫއިން އެންޓެނާތަކުގައި ބޭނުންކުރަނީ އެވޯޑިސް ލައިޓްނިން ޕްރިވެންޝަން ސިސްޓަމެވެ. އެ ސިސްޓަމް އެންޓެނާގެ މަތިން ފެށިގެން ތިރިއަށް ހުންނަނީ ހަރުކޮށްފަ އެވެ.
"އަޅުގަނޑުމެން ބޭނުންކުރާ އިކިއުޕްމަންޓާއި ޓެކްނޮލޮޖީ އާއި އަޅުގަނޑުމެން ބޭނުންކުރާ ސްޓޭންޑަޑްތަކާއި. އަޅުގަނޑުމެން މި ބޭނުންކުރަނީ އިންޓަނޭޝަނަލް ސްޓޭންޑަޑްތައް. އާންމުކޮށް ދަނޑިތަކަށް ހޮނު ދަގަނޑު ޖަހާފައި ހުންނަނީ. އަޅުގަނޑުމެން މެއިން ސައިޓްތަކުގައި ބޭނުން ކުރާ ޓެކްނޮލޮޖީއަކީ ހޮނު ނާޅާ ޓެކްނޮލޮޖީއެއް. އެއީ އިކިއުޕްމަންޓެއް. އެއްޗެއް ހަރުކޮށްފައި މަތީގައި އިންނާނީ،" އެ ކުންފުނިން ބުންޏެވެ.
ވިލިނގިލިއްޔަށް އިއްޔެ ހޮނުއެޅުމުގެ ސަބަބުން އުރީދޫ އެންޓެނާ ހުންނަ ސައިޓު ކައިރީގައި ހުންނަ ގެއެއްގެ ހުރިހާ ސާމާނެއްހެން ހަލާކުވި އެވެ. އެ ގޭގެ މީހުން ތުހުމަތުކުރި ގޮތުގައި ހޮނުއެޅީ އުރީދޫ އެންޓެނާގެ ސަބަބުންނެވެ.
މިގޮތުން އެ ގޭގެ މީހުން ވަނީ އުރީދޫ އެންޓެނާ ހުރި ސައިޓަށް އެ ކުންފުނީގެ ޓެކްނީޝަނުން ވައްދަން ހުރަސް އަޅައިފަ އެވެ. ނަމަވެސް ފުލުހުންގެ އެހީތެރިކަމާއެކު އެ ސައިޓަށް ޓެކްނީޝަނުން ވަދެ ބެލިއިރު އެތަނަށް ގެއްލުމެއް ލިބިފައި ނުވުމުން، އެންޓެނާއަށް ހޮނު ނާޅާކަން ކަށަވަރުވި ކަމަށް އުރީދޫއިން ބުންޏެވެ.
"އަޅުގަނޑުމެންގެ އިކިއުޕްމަންޓްގައި ޕަވާ ހުރިކަން އަޅުގަނޑުމެންނަށް އެނގޭ. ބެޓްރި ރަންކުރާކަން އެނގޭ. އެކަމަކު ސައިޓްގެ ސާވިސް އިނީ ކެނޑިފައި. ބައެއް އިކިއުޕްމަންޓްތައް މަސައްކަތް ކުރަނީ. ލަފާކުރި ގޮތަށް ބްރޭކަރުތައް ވެއްޓުނީ ލައިޓިން ސާޖްއާ ގުޅިގެން،" އުރީދޫއިން ބުންޏެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން މި އެނގެނީ އަޅުގަނޑުމެންގެ ޓަވަރަކަށް ހޮނު ނާޅާކަން. ހޮނު އެޅިނަމަ އަޅުގަނޑުމެންގެ އިކިއުޕްމަންޓް ރޫމްތެރޭގައި ހުރި އެއްޗެހިތައް ހަލާކުވެ ރޯވެފައި ހުންނާނީ. އެއާކޯންތަކާއި އެއްޗެހި ވެސް ހުންނާނެ. އެކަމަކު ހަލާކެއް ނުވޭ."
ގއ. ވިލިނގިލީގައި ހުންނަ އުރީދޫ އެންޓެނާއަށް ހޮނު ނާޅާ ކަމަށް ބުނެފި ގއ. ވިލިނގިލީގައި ހުންނަ އުރީދޫ އެންޓެނާއަށް ހޮނު ނާޅާ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ