ކަނޑުގެ ރީތިކަން ހޯދާލަން ސީ ގިއާއިން ގެންނަ ސަބްލޫ

ކަނޑުއަޑީގެ ރީތިކަން ހޯދުމަށް މަސައްކަތް ކުރާ ނަމަ، ސީ ގިއާ އިން މިހާރު ލިބެންހުރި ސަބްލޫގެ ޕްރިމިއަމް ސީ ސްކޫޓަރުތަކަކީ އެހީތެރިވެދޭނެ އެއްޗެކެވެ. ސީ ސްކޫޓަރަކީ މޫދުގައި ކުރާ ކޮންމެ ހަރަކާތަކަށް ވެސް (ސްނޯކްލިން ނުވަތަ ފްރީ ޑައިވިން ފަދަ ކަންކަމަށް) ފަސޭހަކޮށްދޭނެ ވަސީލަތެކެވެ. ސަބްލޫން ފަސޭހަކަމާ އެކު ކަނޑުއަޑީގެ ރީތިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދެއެވެ.
'ސަބްލޫ މިކްސް ޕްރޯ' ފަރުމާކުރެވިފައިވަނީ އާދަޔާހިލާފު ކުޅަދާނަކަމާ އެކު ދެ ބުރަފައްޗާ އެކު އެވެ. މިއީ އާންމުކޮށް ބޭނުންކުރާ މީހުންނާއި އަދި ތަޖުރިބާކާރުންނަށް ވެސް އެންމެ އެކަށީގެންވާ ސީ ސްކޫޓަރެކެވެ.
ދެ ސްޕީޑެއް: ސުކުންތެއްގައި 1.8 މީޓަަރަށް ނުވަތަ ސުކުންތެއްގައި 1.2 މީޓަރަށް
ފުންމިން: 40 މީޓަރު؛ އިތުރަށް ފުންކުރަން ބޭނުންނަމަ ފްލޯޓަރު ނައްޓާލެވިދާނެ
ބެޓެރީ: 60 މިނިޓު ބޭނުންކުރެވޭނެ؛ ބަދަލުކުރެވޭ ލިތިއަމް އައިއޮން ބެޓެރީ 2 ގަޑިއިރު ތެރޭގައި އެއްކޮށް ޗާޖުކުރެވޭނެ
އިތުރު ކަންކަން: ކަނޑުއަޑީގެ ހަނދާންތައް ރައްކާކުރުމަށް ކެމެރާ ނުވަތަ ފޯނު މައުންޓް
މިއީ ކޮންޓްރޯލަށް ބަލައިގެން ފަރުމާކުރެވިފައިވާ ޕްރޮފެޝަނަލް ގްރޭޑްގެ ދެ ބުރަފަތި ހިމެނޭ ސީ ސްކޫޓަރެކެވެ.
ޓްރަސްޓް: 15 ކިލޯގްރާމް ފޯސްގެ ޓްރަސްޓް؛ ޓާބޯ މޯޑުގައި ގަޑިއަކު ގާތްގަޑަކަށް 4.47 މޭލަށް ދަތުރުކުރެވޭނެ
ޑިޒައިން: ދަތުރުކުރުމަށް، ސްޕޯޓް ޑައިވިން އަދި މޮޅު ޕާފޯމަންސް ބޭނުންވާ ތަޖުރިބާކާރުންނަށް ފަރުމާކުރެވިފައި
އެކްސެސަރީ ކިޓްސް: ބެޓެރީ އަޕްގްރޭޑް، ފޮޓޯގްރެފިކް ބޭސް ޕްލޭޓް އަދި ބުރަފަތި
މިއީ ތަޖުރިބާކާރު ޑައިވަރުންނަށާއި ވީޑިއޯގްރާފަރުންނަށް ސްޕީޑް އެޑްޖަސްޓްކުރުމަށާއި ކަނޑުއަޑީގައި ހަރަކާތްތެރިވުމަށް އެންމެ އެކަށީގެންވާ މޮޑެލެވެ.
މިއީ އެންމެ މަތީ ފެންވަރުގެ ޕަންޕް ޖެޓް ކަނޑުއަޑީގެ ސްކޫޓަރެކެވެ. މިއީ އާދަޔާހިލާފު ޓްރަސްޓާއި ހާއްސަ ސިފަތަކެއް ހިމެނޭ މޮޑެލެކެވެ.
ސްޕީޑް: ތިން ސްޕީޑް ސެޓިންސް: ގަޑިއަކު 10 ކިލޯމީޓަރު އަދި އޭއެލްއޯ 2.0 ޕަންޕް-ޖެޓް ސިސްޓަމާ އެކު 21 ކިލޯގްރާމް ފޯސްގެ ޓްރަސްޓް
ބިލްޓް އިން އެލްސީޑީ ޑިސްޕްލޭ: ސްޕީޑް، ފުންމިން، ފެނުގެ ހޫނުމިން، ދަތުރުކުރާ ތަން، ބެޓެރީގެ މައުލޫމާތު އަދި ސްމާޓް އެލާޓްސް ދައްކާނެ
ހާއްސަ ކަންކަން: ސްމާޓް ޑެޕްތު ލިމިޓާ، ހައި ސްޕީޑް ޕާފޯމަންސް އަދި އަވަހަށް ޗާޖުކުރެވޭ އަދި ބަދަލުކުރެވޭ ބެޓެރީ
މިއީ ޕްރޮފެޝަނަލް ގްރޭޑް ބޭނުންތަކަށާއި ކަނޑުއަޑީގެ ފިލްމުކުރުމަށާއި ފުން ކަނޑުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުންނަށް ފަރުމާކުރެވިފައިވާ ސްކޫޓަރެކެވެ.
ސަބްލޫން މި އަހަރަށް ރާއްޖެ ގިންތިކޮށްފައިވަނީ އެންމެ މަތީ ސީ ސްކޫޓަރު މަންޒިލްތަކުގެ ތެރޭގަ އެވެ. އެހެންވެ، މިއީ ދިވެހި ކަނޑުތަކަށް އެންމެ އެކަށީގެންވާ މޮޑެލްތަކުގެ ރީތި ކޮލެކްޝަނެކެވެ.
އެއާ އެކު، ސީ ގިއާ އިން އެކްސެސަރީސް، ބެޓެރީ، ކިޓް، އަދި ހިދުމަތް ދިނުމަށް ފަހު ލިބޭ ސަޕޯޓް ވެސް ފޯރުކޮށްދޭނެ އެވެ. މި ހިދުމަތްތައް ފޯރުކޮށްދޭނީ ކަނޑުގެ ކުޅިވަރުގެ ސާމާނާއި ކަނޑުގެ ރައްކާތެރިކަން ރަނގަޅަށް އެނގޭ، ތަޖުރިބާކާރު ދިވެހި މުވައްޒަފުންނެވެ.
ރާއްޖެއަކީ ރީތި ފަރުތަކާއި ސާފު ކަނޑުތަކާއި ގިނަ އަދަދެއްގެ ކަނޑުގެ ދިރޭތަކެތި ހުރި ތަނެކެވެ. މިއީ ސަބްލޫ ސްކޫޓަރު ބޭނުންކުރަން އެންމެ އެކަށީގެންވާ މާހައުލެވެ. ފެން ރަނގަޅުވުމާއި ހަމަހިމޭން ފަޅުތަކާއި 40 މީޓަރުގެ ޑައިވް ލިމިޓްގައި ނުވަތަ އެއާ ގާތުގައި ހުރި ޑައިވް ސްޕޮޓުތަކާ އެކު، ސަބްލޫ ބޭނުންކުރާ މީހުންނަށް ކަނޑުއަޑީގެ ރީތިކަން ފަސޭހަކަމާ އެކު ދެނެގަނެވޭނެ އެވެ.
ސީ ގިއާގެ މާލޭ ޝޯރޫމަށް ނުވަތަ އަޅިވިލާ މަގުގައި ހުންނަ ފިހާރައަށް ޒިޔާރަތްކޮށް މި މޮޑެލްތައް ވަރަށް ގާތުން ބަަލާލެވޭނެ އެވެ. އެ މީހަކަށް އެންމެ ކަމުދާ އަދި އެންމެ އެކަށީގެންވާ މޮޑެލް ހޮވުމަށާއި ޑެމޯ ދެއްވުމަށާއި އެކްސެސަރީޒް ހޯދުމަށް ސީ ގިއާގެ މުވައްޒަފުން އެހީތެރިވެދެވޭނެ އެވެ. ދިވެހި ކަނޑުތަކަށް ސަބްލޫ ގެންދިއުމުގެ ކުރިން އަމަލީ އިރުޝާދު ވެސް ދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ