“ފުލުހަކާ އެކު ކޮފީއެއް” މިއަދު ހަވީރު ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްުދުގައި މިފެށުނީ އަކީ އިސްލާމީ އާއަހަރެއް ނޫން. ހިޖުރީ އާ އަހަރެއް- މައުމޫން ޝައިޚް ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި އެކްޓްރެސް ޝެފާލީ ޖަރިވަލާ ކުއްލިގޮތަކަށް މަރުވ

އިސްރަށްވެހިންނަކީ ގައުމު ބިނާކުރުމުގައި ވަރަށް ޒިންމާދާރު، ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވާ ގައުމުގެ ރައުސުލްމާލެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓްގައި، ވިދާޅުވީ ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އިސްރަށްވެހިންގެ ތަޖުރިބާ ހިއްސާކުރުން މުހިންމު ކަމުގައެވެ. އަދި އުނގޫފާރު ސައިފު ޖަމިއްޔާއިން އެ ފުރުސަތު އިސްރަށްވެހިންނަށް ފަހިކޮށްދެއްވާތީ އުފާފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެ މަނިކުފާނު ރ. އަތޮޅަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި، އުނގޫފާރު ސައިފު ޖަމިއްޔާއިން ބޭއްވެވި އިސްރަށްވެހިންގެ ހަވީރުގައި ބައިވެވަޑައިގެން އުފާވެރި ވަގުތުކޮޅެއް އިސްރަށްވެހިންނާއެކު ވަނީ ހޭދަކޮށްފައިވާއިރު މި ހަވީރަކީ ޖަމްޢިއްޔަތުއްސައިފަށް 64 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަވީރެކެވެ.
އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިސްރަށްވެހިންނަށް ހާއްސަކޮށް ގިނަ ސެޝަންތަކެއް އަންނަނީ ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ