ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ގައުމާއި މުޚާތަބު ކުރައްވާ ވާހަކަދައްކަވާގޮތަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި އެމަނިކުފާނު ގައުމާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވާނީ ހަވީރު 17:30 ގައެވެ. ރައީސްގެ ވާހަކަފުޅު ދިވެހިރާއްޖޭގެ ހުރިހާ ޗެނަލްއަކުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް-19ގައި ދިވެހިރާއްޖެއިން ފައްސިވި ފަރާތްތަކުގެ ޖުމްލަ އަދަދު ވަނީ 500އަށްވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި އެއް ފަރާތެއް ވަނީ ނިޔާވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ގައުމާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ