ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ، އަދަދުތައް 93 އަށް އަރައިފި

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އިތުރު މީހަކު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.އުމުރުން 87 އަހަރުގެ އެމީހާ މަރުވީ 1:39 އެހައިކަންހާއިރު އެވެ. ކޮވިޑް ޖެހިގެން އިއްޔެ ވަނީ ފަސް މީހަކު މަރުވެފަ އެވެ. އިއްޔެ ފުރަތަމަ މަރުވި މީހާ އަކީ މެންދުރު އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމަށް ގެނައި 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެއިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 86 އަހަރާއި 64 އަހަރުގެ ދެ ދިވެހި ފިރިހެނުންނާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުން ދިޔަ 84 އަހަރުގެ އަންހެނަކާއި ހަމަ އެތަނުގައި ފަރުވާ ހޯދަމުންދިޔަ 63 އަހަރުގެ އަންހެނަކު ވެސް ވަނީ އިއްޔެ މަރުވެފަ އެވެ. ރާއްޖޭގައި ކޮވިޑް19 ޖެހިގެން މިހާތަނަށް ޖުމްލަ 93 މީހަކު މަރުވެފައިވާ އިރު، މި ބަލި ޖެހިފައިވާ 15،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ