އިންޑިޔާގެ ރައްޔިތުން ގޭގައިވެސް މާސްކުއަޅަން އެދެފި

ކޮވިޑް-19 ގެ އައު ވޭރިއަންޓަކާއެކު ކޭސްތައް އިތުރުވެ އިންޑިޔާގެ ހާލަތު ދަށްވަމުން ދާތީ ގޭގައި އުޅޭއިރުވެސް މާސްކުއަޅަން އެ ގައުމުގެ ސަރުކާރުން އެދިއްޖެ އެވެ.
އެގޮތުން ސަރުކާރުގެ ތިންކްޓޭންކުގެ މެމްބަރު ޑރ. ވީކީ ޕައުލް ވިދާޅުވީ ބަލި މީހަކު ގޭގައި ނެތްނަމަވެސް ގޭގައި އުޅޭވަގުތު މާސްކު އަޅަން ވާނެ ކަމަށާއި ކޮވިޑް ޕޮޒިޓިވް މީހެއް ގޭގައި އުޅޭނަމަ މާސްކު އެޅުން މަޖުބޫރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާލަތުގައި ހުރިހާ ގޮތަކުންވެސް ރައްކާތެރިކަން ހޯދުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.
ކޮވިޑްގެ ދެވަނަ ރާޅާއެކު އިންޑިޔާއިން ކޮންމެ ދުވަހަކުވެސް އެތައް ލައްކަ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން ދާއިރު، އެމީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމެއްނެތި ބަލީގައި ގިނަބަޔަކު ދަނީ މަރުވަމުންނެވެ.
އެގޮތން މިދިޔަ އާދިއްތަ ދުވަހު އެކަނިވެސް އާ ކޭސްގެ ގޮތުގައި 352،991 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
އެގަމު މިހާލަތުން އަރައިގަތުމަށް ގިނަ ގައުމުތަކަކުން މިހާރުގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ސައުދީ އަރަބިއްޔާ، ޕާކިސްތާން، ޗައިނާ، އެމެރިކާ އަދި ރަޝިޔާއިން އެހީގެ ތަކެތި އެ ގައުމަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިންޑިޔާއަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް އެހެންގައުމުތަކުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ