ރައީސް މައުމޫން ވިދާޅުވަނީ މިރޭ ހަނދު ނުފެންނާނެ ކަމަށް

މިރޭ ހަނދު ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު މާލެއަށް އިރުއޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭނެ ކަމަށެވެ. އެހެންކަމުން މިރޭ ހަނދު ނުފެންނާނެ ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިދިޔަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހެވެ. އަދި މިއަހަރުގެ ރޯދަމަހަކީ 30 ދުވަހުގެ މަހެއް ކަމުން، މާދަމާ ވާނީ ފަހު ރޯދައަށެވެ. އަދި އީދު ދުވަހަށް ވާނީ އަންނަ ބުރާސްފަތި ދުވަހެވެ.
ނަމަވެސް އެކަން ކަށަވަރު ކުރުމަށް މިރޭ ހަނދު ބަލާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ