އުމަރު ޒާހިރާއި އިބޫ ބައްދަލު ކުރައްވައިފި

މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރާ، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލު ކުރައްވައިފި އެވެ.
ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ އުމަރު ޒާހިރާއި އިބޫ ބައްދަލުކުރެއްވީ މާފަންނު ހުޅަނގު ދާއިރާގައި މިއަދު ދޮރަށް ދޮރަށް ކެމްޕެއިން ހިންގަވަމުން، އުމަރު ޒާހިރުގެ ގެކޮޅަށް ވަޑައިގެންނެވުމަށްފަހު އެވެ. އެއަށްފަހު ކައިރީގައި ހުރި ކެފޭއަކަށް ދެ ބޭފުޅުން އެކުގައި ވަޑައިގަތެވެ.
މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވެއެވެ.
މިހާރު ސިޔާސީ ދާއިރާއާއި ދުރަށް ޖެހިވަޑައިގެން ހުންނެވި އުމަރު ޒާހިރުގެ ގެކޮޅަށް އިބޫއާއެކު އެ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ