ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާމިގިލީ ދާއިރާގެ މެންބަރުކަމަށް ވާދަކުރުމަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅައިފި އެވެ.
އެމްޑީޕީން ބުނީ މާމިގިލީ ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާއެކު ކާމިޔާބު ކުރެއްވި ފަރާތުން ނަން އަނބުރާ ގެންދިއުމާއި ގުޅިގެން އެދާއިރާގެ ޕްރައިމަރީއަށް އަލުން ކުރިމަތިލުމަށް މިއަދު މެންދުރު 12:00 ޖެހުމާއި ހަމައަށް ފުރުސަތު ހުޅުވާލުމުން އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ. އަދި މިހާރު އެފަރާތަށް ޓިކެޓް ލިބިފައިވާ ކަން އަންގާފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
ޕްރައިމަރީއަކާ ނުލާ މާމިގިލީ ދާއިރާގެ ޓިކެޓް އެމްޑީޕީން ދީފައިވަނީ އދ. މާމިގިލީ، ކަރަންކާވިލާ، މުހައްމަދު ހަމްދާން އަށެވެ. އޭނާއަކީ ކުރިން އެދާއިރާގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ބޭފުޅެކެވެ.
ސަރުކާރު ހިންގާ ކޯލީޝަނުން މާމިގިލީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކީ އެދާއިރާގެ މިހާރުގެ ވެސް މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.
މާމިގިލީ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ހަމްދާނަށް ކަށަވަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ