ޑޮކްޓަރުކަން ކިޔަވާ ބައެއް ކުދިން ރާއްޖެ ގެނެސްފި، އެންމެން ކަރަންޓީނަށް

ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވަމުންދާ ކުދިންގެ ތެރެއިން ހިލޭސާބަހަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ބޭނުންވާތީ ގެނައި ކުދިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަތުވެއްޖެ އެވެ.
އެމީހުން ގެނައީ ސަރުކާރު ހަރަދުގައި އެވެ. އިއްޔެ އޭގެ ތެރެއިން35 ކުއްޖަކު ރާއްޖެ އައިސްފަ ވެ އެވެ. އަދި ނޭޕާލުގައި ތިބި ދިވެހިންގެ ތެރެއިން10 މީހަކު އަމިއްލަ ހަރަދުގައި އައިސްފަވެ އެވެ.
މިމީހުންނާއި މެދުވެސް އަމަލު ކުރަމުންދަނީ ރާއްޖެ އަންނަ އެހެން މީހުންނެކޭ އެއްގޮތަަށެވެ. އެމީހުން މަސައްކަތަށް ނުކުތުމުގެ ކުރިން ވަނީ14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ސަރުކާރުން ކަނޑައެޅި ތަނެއްގައި ކަރަންޓީން ކޮށްފައި އެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ