މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނަކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު އެލަރޓް ނެރެފިެއެވެ.މި އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު 17:00 އިން 21:00 އަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރއަކީ މިއީ ދެ މޫސުން ބޭދޭ ދުވަސްވަރަކަށް ވުމާއެކު ކުރާ ވިއްސާރައެއްކަމަށެވެ.އެ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް ވިއްސާރަވެފައިވާ މި ދަނޑިވަޅުގައި އެކި ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށް ވެސް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ. މިދުވަސްވަރަކީ، ބޭރަށް ނުކުމެ އުޅުން މަދު އަދި ދަތުރުފަތުރު ކުރުން މަދު ދުވަސްކޮޅެއް ނަަވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، އާންމުން ބޭރަށް ނިކުމެ ނޫޅެވޭގޮތަށް ވަނީ ފުރަބަންދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް، އަރައިފޭބުން މަނާކޮށް މިވަގުތު ވަނީ ފުރަބަންދުގެ ހާލަތަށް ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ