1 ½ ޖޯޑު ފުށް
2 ސައިސަމުސާ ބޭކިން ޕައުޑަރު
½ ސައިސަމުސާ ލޮނު
1 ޖޯޑު ހަކުރު
½ ޖޯޑު ބަޓަރު
3 ބިސް
1 ސައިސަމުސާ ވެނީލާ އެސެންސް
¾ ޖޯޑު ކިރު
ބޯތައްޓެއްގައި ފުށާއި ބޭކިން ޕައުޑަރު އަދި ލޮނު އެއްކޮށްލާށެވެ.
އެހެން ބޯތައްޓެއްގައި ބަޓަރާއި ހަކުރު އެއްކުރާށެވެ. އެއްކުރާނީ އިލެކްޓްރިކް މިކްސަރަކުންނެވެ. ތިން މިނެޓް ވަންދެން އެއްކުރުމަށް ފަހު ފަހަރަކު ބިހެއް އަޅާފައި ގިރާށެވެ. ދެން ވެނީލާ އެސެންސް ފޮދު އަޅާލާށެވެ.
އެއަށް ފަހު ކުރިން އެއްކުރި ފުށް އެތި ސަމުސަލަކުން އަޅާށެވެ. ފަހަރަކު ދެ ސަމުސާ އަޅައި އެއްކުރަމުން ގެންދާށެވެ. ދެން ޓްރޭއެއްގައި އަވަނުން 175 ޑިގްރީގައި 30 މިނެޓް ފިހެލާށެވެ.
ފަސޭހަ ރެސިޕީ: ބަޓަ ކޭކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ