ލިވަޕޫލް އިން ވަނީ ރާއްޖެ އިސްތިހާރު ކުރުމުގައި ގިނަ މަސައްކަތް ތަކެއް ކުރާނެކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. މިއީ ދުނިޔޭގެ ޓޮޕް 5 ގެ ކްލަބަކާއެކު ރާއްޖެ އިސްތިހާރު ކުރަން މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އޮފިޝަލް ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރަކަށް އިނގިރޭސި ޕްރިމިއަ ލީގްގެ އެންމެ މަޝްހޫރު ކްލަބް ލިވަޕޫލް ހަމަޖައްސައިފި އެެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކްލަބުން ވަނީ ރާއްޖެއާއެކު ޕާޓްނާޝިޕް އެއްބަސްވުމަކަށް ގޮސްފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
ލިވަޕޫލް އެފްސީން ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން އެ ކްލަބުގެ ފިރިހެން އަދި އަންހެން ޓީމުން ރާއްޖެ އިސްތިހާރު ކުރަން މަސައްކަތް ކުރާނެ އެވެ. އަދި ދުނިޔޭގެ އެންމެ މަޝްހޫރު ދެ ބްރޭންޑް ކަމަށްވާ ރާއްޖެ އާއި ލިވަޕޫލްއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ.
ލިވަޕޫލްގެ ޗީފް ކޮމާޝަލް އޮފިސަރު ބެން ލެޓީ ވިދާޅުވެފައިވާ ގޮތުގައި މި އެބަސްވުމާއެކު ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިސްޓް މަންޒިލް އިސްތިހާރު ކުރުމުގައި އެ ކްލަބުން ބައިވެރިވާނެ އެވެ.
ރާއްޖެ އިސްތިހާރު ކުރަން މީގެ ކުރިން ވެސް ބައެއް ކްލަބްތަކާއެކު މަސައްކަތް ކުރި އެވެ. ނަމަވެސް މިއީ މި ވަރުގެ ފުޓުބޯޅަ ކްލަބަކާއެކު މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ގިނަ އިސްތިހާރުތަކެއް މެޗު ކުޅެމުންދާ ގަޑިތަކުގައި ފެންނަން ހުންނާނެ އެވެ.މީގެ އިތުރުން ލިވަޕޫލްއާއެކު ޖޮއިންޓް ގިނަ ކެމްޕޭންތަކެއް ޔޫރަޕުގައި ކުރިއަށްދާނެ އެވެ. މީގެ އިތުރުން ލިވަޕޫލްގެ ކުޅުންތެރިން ރާއްޖެ އައިސްވެސް ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ. އަދި ރާއްޖެއަށް 2027 ވަނަ އަހަރު ލިވަޕޫލްގެ ޖޯޒީގައި އިސްތިހާރު ޖަހަން ބިޑް ކުރަން ފުރުސަތު ލިބިގެންދާނެ އެވެ. މިއީ ދުނިޔޭގެ ޓޮޕް 5 ގެ ކްލަބަކާއެކު ރާއްޖެ އިސްތިހާރު ކުރަން މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރާއްޖޭގެ އޮފިޝަލް ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރަކަށް ލިވަޕޫލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ