ފައިނޭންޝަލް އޮތޯރިޓީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ފިނޭންސް މިނިސްޓްރީގެ ދަށަށް، ރައީސް މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެކަން ހާމަކުރީ ރައީސް އޮފީހުން މިއަދު އާންމުކުރި އިއުލާނެއްގަ އެވެ.
ބުނީ ކީކޭ؟ - "އެ މަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވަނީ، ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްގީކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަށް ދެއްވާފައިވާ ލަފާގެ މަތިންނެވެ،" ރައީސް އޮފީހުން ބުންޏެވެ.
އެނގުން މުހިންމު - ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭޝަލް ސެންޓަރުތައް ގާއިމުކުރަން މި ސަރުކާރުން އުފައްދަން ވައުދުވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފެއްދީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ތަނުގެ ޗެއާޕާސަނަކީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.
މި އިދާރާ އުފައްދަން ނިންމާފައިވާކަން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް މުއިއްޒު އިއުލާންކުރެއްވި އެވެ. ރައީސް އޭރު ވިދާޅުވެފައިވާ ގޮތުން:
އެ ތަން ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމުކުރުމުގެ މަގު ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅަށް
އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމުކުރުމަށް ހާއްސަ ގާނޫނެއް ފާސްކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ