ދިވެހި ކްރިކެޓަށް ހިދުމަތް ކުރުމުގެ އިނާމު, ނޫސްވެރިޔާ ހުސައިން ފަރިޔާޒާއި އައްޒާމް އަލިފުޅަށް ދީފި އެވެ.
މި ދެ ނޫސްވެރީންނަށް މި އިނާމު ހަވާލުކޮށްފައި ވަނީ ރޭ އޮތް ކްރިކެޓް އިވްނިން 2025 ގަ އެވެ. މި ހަފްލާ ގައި ކްރިކެޓަށް ޚިދުމަތް ކުރުމުގެ އިނާމު ހަ ބޭފުޅަކަށް އަރުވާފައިވެ އެވެ.
އެއީ ކޯޗިންގެ ދާއިރާ އިން ސުދިޝް ސުދަން އާއި އަމްޕަޔަރިންގެ ދާއިރާއިން މުހައްމަދު އޮބައިދުﷲ ސައްޔިދު އަދި ސްކޯކުރުމުގެ ދާއިރާ އިން މަރިޔަމް ލީން ލުތުފީ އާއި ކްރިކެޓް ހަރަކާތްތައް ރާވާ ހިންގުމުގެ ދާއިރާ އިން ހުސައިން ރިފާގަށެވެ.
Advertisement
ފަރިޔާޒަށް އިނާމު ދިނީ ބްރޯޑްކާސްޓިން މީޑިއާ ދާއިރާ އިންނެވެ. އައްޒާމަށް ޕްރިންޓް އަދި ވެބް މީޑިއާގެ ދާއިރާ އިންނެވެ.
ފަރިޔާޒަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅިވަރު ނޫސްވެރީންގެ ތެރޭގައި ހިމެނޭ ނޫސްވެރިއެކެވެ. ވީޓީވީއާ ރާއްޖެ ޓީވީއާ ޕީއެސްއެމްގެ ކުޅިވަރު ޑިޕާޓްމަންޓް ހިންގުމުގެ އެންމެ އިސް ނޫސްވެރިއަކަށް ހުންނެވި އެވެ. ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާ ވަރަށް ގާތްގުޅެއް އޮންނަ ނޫސްވެރިއެއްގެ ގޮތުގައި ފަރިޔާޒު ފާހަގަ ކުރެވިފައިވެ އެވެ.
އައްޒާމަކީ ވެސް އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް އެތައް ފަހަރެއްގެ މަތީން ހޯދާފައިވާ ވަރަށް މޮޅު ނޫސްވެރިއެކެވެ.
ރޭ އޮތް ކްރިކެޓް އިވްނިންގައި 2022, 2023 އަދި 2024 ގެ އެންމެ މޮޅު ކުޅުންތެރީން ހޮވާ އެވޯޑް ދީފައިވެ އެވެ.
ކްރިކެޓަށް ހިދުމަތް ކުރުމުގެ އިނާމު ނޫސްވެރިޔާ ފަރިޔާޒާއި އައްޒާމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ