ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިޒަމް މަންޒިލަކަށް ރާއްޖެ ހަމަޖެއްސުމަށް ސޮއިކޮށްފި

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ނަން ހިނގާ ކްލަބް ލިވަޕޫލް އެފްސީ އާއި ރާއްޖޭގެ ރަސްމީ ޓޫރިޒަމް ޕްރޮމޯޝަން ކުންފުނި، އެމްއެމްޕީއާރުސީއާ އެކު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ލިވަޕޫލް އެފްސީން މިއަދު ހާމަކުރި ގޮތުގައި ތިން އަހަރު ދުވަހަށް ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް، ވިޒިޓް މޯލްޑިވްސް އަކީ އެ ކްލަބުގެ ރަސްމީ ޓޫރިޒަމް މަންޒިލްގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސައިފަ އެވެ.  
ތަފްސީލް - ލިވަޕޫލް އެފްސީން ހާމަކުރި ގޮތުގައި އެ އެއްބަސްވުމަކީ ލިވަޕޫލް އެފްސީގެ ފިރިހެން ޓީމުގެ އިތުރަށް އަންހެން ފުޓްބޯޅަ ޓީމް ވެސް ހިމެނޭ ގޮތަށް ސޮއިކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން:
ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން އެ ކުލަބުން ހަރަކާތްތައް ހިންގާނެ؛ ހާއްސަކޮށް އެ ކްލަބުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް 
ރާއްޖެއާ ގުޅޭ ހާއްސަ ކޮންޓެންޓްތަކާއި، ޕްރޮމޯޝަންތަކާއި، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ހާއްސަ ފުރުސަތު ލިވަޕޫލްގެ ފޭނުންނަށް ލިބޭނެ
ފާހަގަކޮށްލެވޭ - މި އެއްބަސްވުމުގައި ސޮއިކުރުމުގެ މުނާސަބަތުގައި ލިވަޕޫލްގެ ފޭނުންގެ މެދުގައި ހޮވާލެވޭ ފަރާތަކަށް ރާއްޖޭގެ ފަސް ރޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭ ހާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ