އަންހެން މީހާއާ އެކު ތިބި 2 މީހުން ޑްރަގަށް ޕޮޒިޓިވް؛ އެކަކުގެ ޕާސްޕޯޓު ހިފަހައްޓައިފި

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް، މިހާރު ފަރުވާ ދެމުން އަންނަ ޒުވާން އަންހެން މީހާއާ އެކު ތިބި ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރެެއިން އެކަކުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީކިހިނެއް؟ - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އެ ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށް ލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އެ ޒުވާނާ ކޮއްޕާލީ ކަމަށް ތުހުމަތުކޮށް ވެސް ވަރަށް ގިނަ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުންނަށް ވެސް ތުހުމަތުކޮށް އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.
ފުލުހުން މިރޭ ވަނީ އާންމުކޮށް ހުޅުވާނުލައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ތަފްސީލް - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނި ގޮތުގައި، އެ އަންހެން މީހާއާ އެކު ތިބި ދެ މީހުން ވެސް ވަނީ ކެނަބިސްއަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން އެކަކުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ