ކަސްޓަމަރ ސާވިސްގެ އުކުޅުތައް އިތުރަށް ފުރިހަމަކުރުމަށް ފުލުހުންނަށް ބޭއްވި ތަމްރީންތައް ނިންމާލައިފި ޝަމްއާން ހިމެނޭހެނެ 5 މީހަކަށް ދައުވާ ކުރަން ފޮނުވައިފި އައިޖީއެމްއެޗްގެ ފިރިހެން ނަރުހަކަށް ގަނާކުރި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ގޮވާލައިފި ގަވާއިދާ

ނ. އަތޮޅު ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެ އެވެ.
ފުލުހުން ރޭ، ހިއްސާކުރި މެސެޖެއްގައި ބުނީ ނ. އަތޮޅުގައި ފީނަން އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އަނިޔާވެފައިވާ މައްސަލަ އިއްޔެރޭގެ 10:30ހާއިރު ފުލުހުންނަށް ލިބިފައި ވާކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާ ވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ. އެ މީހާ މިހާރު މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެމުން އަންނަ އިރު މި ހާދިސާގައި އޭނަގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، ބޮޑެތި އަނިޔާތަކެއް ވަނީ ވެފައި ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ