ލިވަޕޫލް (މެއި 14) - އަންނަ ސީޒަނަށް ލިވަޕޫލް ޓީމު ވަރުގަދަ ކުރުމަށް ހަރަދުކުރާނެކަން އެ ކްލަބުން ހާމަކޮށްފައިވާއިރު، އެ ކްލަބުން ފާރަލަމުން އަންނަ ކުޅުންތެރިންގެ ލިސްޓުގައި، ބަޔާ ލެވަކޫސަންގެ ފުލްބެކް، ޖެރެމީ ފްރިމްޕޮން އާއި ލިޔޯންގެ ވިންގް، ރަޔާން ޗާކީ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލިވަޕޫލްގެ ކަނާތު ބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، މި ސީޒަން ނިމުމުން އެ ކްލަބް ދޫކޮށްލާނެކަން އިއުލާނުކޮށްފައިވާއިރު، އެ މަގާމަށް ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ލިވަޕޫލުން ވަނީ ފަށައިފަ އެވެ. އެ ގޮތުން، ލިވަޕޫލުން މިހާރު އަންނަނީ، ލެވަކޫސަނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑިފެންޑަރު، ފްރިމްޕޮންއާ މަޝްވަރާ ކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މެންޗެސްޓާ ސިޓީގެ ޔޫތު ޓީމަށް ކުޅެ، ސެލްޓިކުގައި ސީނިއާ ކެރިއަރު ފެށި، ފްރިމްޕޮން، ލެވަކޫސަނަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ފްރިމްޕޮން ގަންނަން ލިވަޕޫލުން 40 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭނެ ކަމަށް ބެލެވޭއިރު، އެ ޓްރާންސްފާ ފީ ހަތަރު ބަޔަށް ބަހާލައިގެން ދެއްކޭނެ ފަދަ އުސޫލެއް ވެސް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލިވަޕޫލުން ފްރިމްޕޮން އަށް ދެނީ، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފަސް އަހަރުގެ ކޮންޓްރެކްޓެއް ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ދަރަނި މައްސަލަތައް ހައްލުނުކޮށްފިނަމަ، މި ސީޒަން ނިމުމުން ފްރާންސްގެ ދެ ވަނަ ޑިވިޝަނަށް ލިޔޯން ރެލިގޭޓްކޮށްލުމަށް ފްރާންސް ފުޓްބޯޅައިގެ މާލީ ކަންކަން ބަލަމުން އަންނަ ޑީއެންޖީސީން އޮތީ ނިންމައިފަ އެވެ. އެކަމާ ހުރެ މި ސީޒަން ނިންމާފައި، ލިޔޯނުން އެ ޓީމުގެ ގިނަ ކުޅުންތެރިން ވިއްކާލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ ގޮތުން، އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި، ހިމެނެނީ ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުގެ ޗާކީ އެވެ. ޔޫރޮޕާ ލީގުގައި ލިޔޯނަށް މޮޅު ކުޅުމެއް ދެއްކި ޗާކީ އަށް ފާރަލަމުން އަންނަ އެއް ކްލަބަކީ، އިނގިރޭސި ޗެމްޕިއަން، ލިވަޕޫލުންނެވެ.
ޗާކީ ގަންނަން ލިވަޕޫލުން ހަރަދުކުރަން ޖެހޭނީ 26 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، ޗާކީ، ދެން ބަދަލުވާ ކްލަބެއް ކަނޑައެޅުމުގައި ކަންތައްތަކެއް އަންނަނީ އޭނާގެ އޭޖެންޓާ އެކު މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން، ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޑިވެލޮޕްމަންޓަށް ފުރުުސަތު ބޮޑު ޓީމަކާ ގުޅެން ޗާކީ ބޭނުންވެ އެވެ. އެ ވިސްނުމުގައި ބަލާއިރު، ޕީއެސްޖީ އަށް ވުރެ، ލިވަޕޫލް ނޫނީ އިޓަލީގެ ކްލަބަކާ ޗާކީ ގުޅުމުގެ ފުރުސަތު ބޮޑެވެ.
ލިވަޕޫލްގެ ޓްރާންސްފާ ލިސްޓުގައި ފްރިމްޕޮން އާއި ޗާކީ ލިވަޕޫލްގެ ޓްރާންސްފާ ލިސްޓުގައި ފްރިމްޕޮން އާއި ޗާކީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ