ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންގެ ހިދުމަތަަށް ފަހުރުވެރި ހަތް އަހަރު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންގެ ހިދުމަތަަށް ފަހުރުވެރި ހަތް އަހަރު

ނަރުހުންގެ ހިދުމަތަކީ އެއްވެސް ވަރަކަށް ފަސޭހެ ހިދުމަތެއް ނޫނެވެ. ނަރުހަކަށް ވުމަކީ ވެސް އެތަކެއް މަރުހަލާތަކެއް ކަޑައްތުކޮށް، އެތަކެއް ގުރުބާނީއެއް ވެގެން ވާސިލުވެވޭ ހިސާބެކެވެ. ނަރުހަކަށް ވުމަކީ ކޮންމެ ގަޑިއަކު، އަދި ކޮންމެ ދުވަހަކުމެ ތަފާތު ތަޖުރިބާ ކުރަން ޖެހޭ އިންސާނީ އެހީގެ މުހިންމު ހިދުމަތެކެވެ. އަބަދުވެސް ޗެލެންޖު އޮންނަ ބުރަ ބޮޑު ކަމެކެވެެ.
"އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައި، ހޮސްޕިޓަލް ހިންގަމުން ގެންދިއުމަށާއި، ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ތަސައްވުރު ފުއްދުމަށްޓަކައި މެނޭޖުމަންޓުން ކެތްތެރިވެ، ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ގޮތް އަޅުގަނޑަށް ފެނިއްޖެ. އެ އަހަރުތަކުގައި (ކޮވިޑްގެ ދުވަސްވަރު) އެ މީހުން އުންމީދު ކަނޑާނުލައި، މިހާރު އަޅުގަނޑުމެން މި ފާހަގަކުރަނީ އަޅުގަނޑުމެންގެ ހަތް ވަނަ އަހަރީ ދުވަސް. މި ހޮސްޕިޓަލުގައި ހިދުމަތް ކުރުމަށް ލިބިގެންދިޔަ ފުރުސަތު ފަހުރުވެރިކަމާ އެކު ބަލައިގަންނަން،" ކްރިޓިކަލް ކެއާ މެނޭޖަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޕަބްލީޓޯ ލިއާނޭސް ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި އޮތީ ރާއްޖޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ނަރުހުންގެ ޓީމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އައިސް ބަލިމީހުންނަށް އަޅާލައި، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ އަޒުމުގައި ތިބި މޮޅު ނަރުހުންގެ ޓީމެކެވެ. މި ޓީމުގެ އެންމެ ބޮޑު ސިއްރަކީ ހިދުމަތުގެ ފެންވަރަށް އަހަންމިއްޔަތުކަމެއް ދީގެން ކުރަމުންދާ ބުރަ މަސައްކަތްތަކެވެ.
"ވޯޑްތައް ގާއިމުކުރުމާއި ކޮވިޑުގެ އަސަރު ފަދަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނަސް، އަޅުގަނޑުމެން ކުރިއަށް ގޮސް އެ ދަތިތަކުން އަރައިގަތީ. މިވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުން އަޅުގަނޑަށް ތަރައްގީގެ ވަރަށް ބޮޑު ފުރުސަތުތަކެއް ފަހިކޮށްދީ، ރަޖިސްޓްރީ ކުރެވިފައިވާ ނަރުހަކުން ޗާޖް ނަރުހަކަށް، އަދި މިހާރު ހެޑް ނާސްއަކަށް ޕްރޮމޯޓް ވުމުގެ ފުރުސަތު ދީފި. މި ދުވަސްތައް ފާއިތުވެގެންދިޔައިރު ތަޖުރިބާ އާއި ކޮމިޓްމަންޓް އިތުރަށް ވަރުގަދަވެއްޖެ،" އެ ހޮސްޕިޓަލުގެ ހެޑް ނަރުހަކަށް ހުންނެވި އެލެކްސް ޖޯން ވިދާޅުވި އެވެ.
ޓްރީ ޓޮޕްގެ އޮޕަރޭޝަން ތިއޭޓަރަކީ ވެސް ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތިއޭޓަރެއް ކަމަށްވާއިރު އެ ތަނުގައި ހިދުމަތް ފޯރުކޮށްދޭން ތިބޭ ނަރުހުން ވެސް ފާހަގަކުރާ ގޮތުގައި އެ ހޮސްޕިޓަލުގެ އެންމެ ބޮޑު ކާމިޔާބަކީ އެކަކު އަނެކަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކެވެ. ނަރުހުންނާއި، އެނެސްތެޓިސްޓްސް، ސާޖަނުންނާއި ޓެކްނީޝަނުން ގުޅިގެން ކުރި މަސައްކަތްތައް ހުރިހާ ނަރުހުން ވެސް ފާހަގަކުރެ އެވެ.
"މުޅިން އަލަށް ސިއްހީ ހިދުމަތް ފަށައި، ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ އެކި ބެކްގްރައުންޑްތަކުގެ ޕްރޮފެޝަނަލުންނާ އެކު މަސައްކަތްކުރުމުގެ މުހިންމު ފުރުސަތެއް ފަހިކޮށްދީފައި. ހިދުމަތް ފޯރުކޮށްދިނުމާއި، ކްލަޔަންޓުންގެ ބޭނުންތަކަށް ހައްލު ހޯދުމާއި، އެންމެ ރަނގަޅަށް ތަނުގެ ރިސޯސަސް ބޭނުންކުރުމާއި، ކޮންސިއުމަބަލް މުދަލުގެ އިންވެންޓްރީ ބެލެހެއްޓުމުގައި ގޮންޖެހުންތަކާއި ކުރިމަތިވޭ. މި ގޮންޖެހުންތަކަށް ހައްލު ހޯދުމަކީ ވަރަށް ވިސްނުންތެރިކަމާއި ސްޓްރެޓެޖިކް ފައިނޭންޝަލް ޕްލޭނިން ބޭނުންވާ ކަމެއް،" ލޭބާ ރޫމްގެ ހެޑް ނާސް އައިޝަތު ޝަފީއު ވިދާޅުވި އެވެ.
ކުރިއަށް އޮތީ ވެސް ޓްރީ ޓޮޕްގެ ނަރުހުން ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތް ދޭނެ އަހަރުތަކެކެވެ. މާޒީގައި ލިބިފައިވާ ތަޖުރިބާތަކަށް ރިއާޔަތްކޮށް އެ ޓީމު އޮތީ ބަދަހިކޮށް ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ދިނުމަށް ތައްޔާރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ