އުތުރުގެ ރަށެއްގައި ސްކޫލް ކުދިންތަކެއް ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ޓީޗަރެއްގެ މައްސަލަ ބަލަން ފެށުމުން ފިލައިގެން އެނބުރި ގައުމަށް ގޮސްފި އެވެ.
ފުލުހުން ބުނީ ޖެނުއަރީ 23، ގައި ހުށަހެޅި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ފިލައިގެން ގައުމަށް ދިޔައީ ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ހިފެހެއްޓުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
އެ ޓީޗަރަށް އިތުރަށް ރާއްޖެ ނާދެވޭ ގޮތަށް ބްލެކް ލިސްޓު ކޮށްދިނުމަށް އެދި އިމިގްރޭޝަނަށް ފޮނުވައި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޓީޗަރުގެ ޝިކާރައަކަށްވީ ދަރިވަރެއްގެ ބެލެނިވެރިއަކު އަދަދު ނޫހާ ވާހަކަ ދައްކަމުން ބުނީ އެ ޓީޗަރު ސްކޫލުގެ ފަސްވަރަކަށް ދަރިވަރުން ގައިގައި އެ ގޮތަށް އަތްލާފައިވާ ކަމަށެވެ.
ނަމަވެސް އެ ބިދޭސީ ޓީޗަރަށް އެގޮތަށް ފުރައިގެން ގޮސް މައްސަލައިން ސަލާމަތްވާން ފުރުސަތު ލިބުމުން ބެލެނިވެރިއާ ހުރީ ހިތްހަމަނުޖެހިފަ އެވެ. އެގޮތުން އެ މައްސަލައިގައި ދަރިފުޅަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން ނެތްއިރު، ޒިންމާވާނެ ބަޔަކު ވެސް ނެތްކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން މި ނޫހުން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މައްސަލަ ސްކޫލުގެ ސަމާލުކަމަށް އައުމާ އެކު ފުލުހުންނަށް ހުށަހަޅައި، އެއްބާރުލުން ދެމުންދިޔަ ކަމަށެވެ.
ގާނޫނުގައި އޮންނަ ގޮތުން ބިދޭސީއެއް ވިޔަސް ޕާސްޕޯޓު އޮންނަން ޖެހޭނީ އެ މީހެއްގެ އަތުގަ އެވެ. އަދި ކުށެއްގެ މައްސަލައިގައި ތުހުމަތުކުރެވި, ކޯޓު އަމުރެއްގެ ދަށުން މެނުވީ ޕާސްޕޯޓު ހިފެހެއްޓުމުގެ ބާރު ނުލިބެ އެވެ.
ސްކޫލް ކުދިންތަކެއް ގައިގައި އަތްލި ބިދޭސީ ޓީޗަރެއްގެ މައްސަލަ ބަލަން ފެށުމުން ފިލައިގެން ގައުމަށް ސްކޫލް ކުދިންތަކެއް ގައިގައި އަތްލި ބިދޭސީ ޓީޗަރެއްގެ މައްސަލަ ބަލަން ފެށުމުން ފިލައިގެން ގައުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ