މިހާރުގެ ހާލަތަށް ބަލާފައި، މެންބަރުންގެ މުސާރަ ކުޑަކުރުމަކީ ކުރުން ރަނގަޅު ކަމެއް: އަމީން ފައިސަލް
މިހާރުގެ ހާލަތަށް ބެލުމަށްފަހުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަކީ ކުރުން ރަނގަޅު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި މެންބަރު ވަނީ، މެންބަރުންގެ މުސާރަ ކުޑަކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން، ގިނަ ދިވެހި ރައްޔިތުންގެ މުސާރައާ އަޅާބަލާއިރު، މަޖިލީސް މެންބަރުންގެ މުސާރަގައި ވަރަށް ބޮޑު ފަރަގެއް އުޅޭ ކަމަށެވެ. މެންބަރުން މުސާރަ ކުޑަކުރުމުގައި ވެސް އެކި މެންބަރުންގެ ވިސްނުން ހުރީ ތަފާތު ކޮށް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، ބައެއް މެންބަރުން ގަބޫލުކުރާ ގޮތުން މެންބަރުންގެ މުސާރައަށް ބަދަލެއް އަންނަން ޖެހޭނީ ކާރިސާއެއް ދިމާވެގެން ހުރިހާ އެންމެން ހަމަހަމަވާނެ ގޮތަކަށް ނޫނީ އެހެން ދައުރަކަށް ކަމަށް އަމީން ފައިސަލް ވިދާޅުވިއެވެ. ވިހިވަނަ މަޖިލީހުގެ މެންބަރުން: މިހާރުގެ ހާލަތަށް ބަލާފައި، މެންބަރުންގެ މުސާރަ ކުޑަކުރުމަކީ ކުރުން ރަނގަޅު ކަމެއް ކަމަށް މެންބަރު އަމީން ފައިސަލް ވަނީ ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް އަމީން ފައިސަލް ވިދާޅުވީ، މެންބަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުވެގެން ރައްޔިތުން އެ ވާހަކަ ދައްކަނީ، އެ ރައްޔިތުންގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް ސަރުކާރަށް ހޯދައިނުދެވޭތީ ކަމަށެވެ. އޭގެއިތުރުން، އަތޮޅު ތެރޭގެ ރަށްރަށުގައި ކަންކަން ހުރި ގޮތުން މެންބަރުން ކައިރިއަށް އެހީއަށް އެދި ރައްޔިތުން އަންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ރަށްފުށުގައި ސުކޫލެއްގައި އިތުރު ހަރަކާތެއް ގެންދެވޭނެ ބަޖެޓެއް ސަރުކާރަކުން ނުދޭ އެކަމެއް މިހާރުގެ އަގަކަށް ކުރެވޭނެ ކަމަކަށް. އެހެންނަމަވެސް، އާބާދީއާ އަޑުގަދަ މެންބަރުން ތިބޭތަނެއްގައި ވެއްޖިއްޔާމުން ސުކޫލުތަކަށް ވެސް ބޮޑު ބަޖެޓެއް މި އޮންނަނީ. ހެލްތު ސެންޓަރުތަކަށް ވެސް ބޮޑު ބަޖެޓެއް މި އޮންނަނީ. ފެނަކައިގައި ވެސް ކަންކަން ވެސް ވާލެއް ފަސޭހަ މެންބަރު އަމީން ފައިސަލް ވަނީ، ރައްޔިތުންގެ މަޖިލީސް މެންބަރުގެ މުސާރައާއި އިނާޔާތްތަކާއި އެއްވަރަށް ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ލިބޭ ކަމަށާއި އެއީ ފޮރުވިފައި ހުންނަ ކަންކަން ކަމަށް ވިދާޅުވެފައެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބައެއް ޑިޕާޓުމަންޓުތަކުގެ މެނޭޖަރުންނަށް 45،000 އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ ކަމަށެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލިސް މެންބަރުން -- ފޮޓޯ: މަޖިލިސް އެއާއެކު، މެންބަރުންގެ މުސާރަ ކުޑަކުރަން ތާއިދު ކުރާނީ އެސްއޯއީ ކުންފުނިތަކުގެ އެމްޑީންނަށް ދޭ މުސާރަ ކުޑަކުރުމުން ކަމަށް އަމީން ފައިސަލް ވިދާޅުވިއެވެ. އެހެންވީމަ، މި ދެކޮޅު ނުޖެހޭތީ ރައްޔިތުންގެ މިހުރި މާޔޫސީގައި އަސްލު މި ވާހަކަ މި ދެއްކެނީ. އެހެން ބޭފުޅަކަށް އެއްޗެއް ލިބެގެން އެއީ މައްސަލައަކަށް ވާނެ ރައްޔިތަކު ވަރަށް މަދުވާނެ. އެހެންނަމަވެސް، އެ ބޭފުޅުން އެ އުޅޭ ދަތި ހާލާ އެކީގައި މިކަހަލަ ކަންކަން މި އަންނަނީ. މިވަގުތަށް ހާލަތަށް ބަލާފައި، މުޅި ސަރުކާރުން ޚަރަދުކުޑަކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަކީ ހަމަކުރުން ރަނގަޅު ކަމެއް މީގެ ކުރިން ތަފާތު އެކި ފަހަރު މަތިން މެންބަރުންގެ މުސާރަ ކުޑަކުރަން ތަޅުމުގައި ވެސް ބަހުސްކުރިއެވެ. އެކަމަކު، އެ ކަމަށް މެންބަރުންގެ ފަރާތުން ތާއީދެއް ނުލިބެއެވެ. މާލީ ދަތިތަކުގެ ސަބަބުން މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ގޮތަށް އެ ކަންތައް ވެސް ކުރެވެން ނެތް ކަމަށް މި ހިނގާ 20 ވަނަ މަޖިލީހުން ވެސް ވަނީ ނިންމާފައެވެ. މާލިއްޔަތު ކޮމިޓީން އެ ގޮތަށް ނިންމީ ގާނޫނު މިހާރު އޮތް ގޮތުން އެކަން ކުރެވެން ނެތް ކަމަށް ބުނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައާ އެލަވަންސްގެ ގޮތުގައި މަހަކަށް 82،500 ރުފިޔާ ލިބެއެވެ. އެއީ، މެންބަރުން އަމިއްލައަށް ގާނޫނެއްގެ ޒަރިއްޔާއިން ކަނޑައަޅާ މުސާރައެކެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި މެންބަރުންނާއި ދައުލަތުގެ ވެރިންގެ މުސާރަ ބޮޑުކުރަން ވެސް މަޝްވަރާކުރިއެވެ. އެކަމަކު، ފާޑުކިޔުން ބޮޑުވުމުން އެ މަސައްކަތް ހުއްޓާލީއެވެ. އޭގެ އިތުރުން ވެސް މެންބަރުންނާއި މެންބަރުންގެ އާއިލާތަކަށް އާސިއާންގެ ގައުމުތަކުން ހިލޭ ބޭސް ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ