މޫސުން ގޯސްވުމުން ލިބޭ ތަކުލީފުތައް ކުޑަކުރުމަށް މިދަނީ މަސައްކަތްކުރަމުން: ސަރުކާރު

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ތަކުލީފުތައް ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ބުނެފި އެވެ.ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައިވެސް ފެންބޮޑުވުމުގެ ޙާދިސާތައް ދަނީ ހިނގަމުންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ސޯޝަލް މިޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރު ވުމުގައި ވީހާ ވެސް ފަސޭހަ ގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ވީހާ ވެސް ފަސޭހަ ގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.މާލެއަށް ވެސް ހުއްޓުމެއް ނެތި ވާރޭވެހެމުން ދިއުމާއެކު މަގުތަކުގައިވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ފެންހިންހިންދުމުގެ މަސައްކަތުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ހަރަކާތްތެެރިވަމުން އަންނަ ކަމަށް ސިފައިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ