އެންމެ ކުޑަ އުޖޫރަ އަށް 8،000-10،000 ރުފިޔާ އާ ދެމެދު ކަނޑައަޅަން އުޅޭކަމުގެ އަޑުތައް އިވިފައިވާކަމެއް ކަމަށް ވިދާޅުވެ އެއީ ގައުމަށް ދެވޭ ”ބޮޑު ޒަހަރެއް“ ގެ ގޮތުގައި ވިލާ ގްރޫޕްގެ ޗެއާމަން، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިފަ ކުރައްވައިފިއެވެ.
މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައަޅާއިރު އެކަން ކުރަންވާނީ ވަރަށް ޕްރޮފެޝަނަލްކޮށް ހަމަހަމަ އުސޫލެއްގެ ތެރެއިން ކަމަށަވެ އެހެން ނޫންނަމަ އެކަން ވަރަށް ބޮޑު ޒަޚަރަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހަކަށް އައި ކޮންމެ ހަފްތާއަކުވެސް ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ޖަލްސާއެއް ބައްވައެވެ. އެ ސިލްސިލާގެ ދަށުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މިނިމަަމްވޭޖް ކަނޑައެޅުމާ ”ދެކޮޅެއްވެސް“ ނަހައްދަވާ ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި މިނިމަން ވޭޖް ކަނޑައަޅާފައިވާ އުސޫލަށް ވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވެ ފާސިމް ވަނީ މިނިވަންވޭޖްގެ ގާނޫނެއް ހަދާއިރު ވަކި ދާއިރާއަކުން އެކަނި މުސާރައިގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ސެކްޓާތަކަކަށްވެސް އެއް ހަމައަކުން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ވަކި ދާއިރާއަކަށް މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅޭގުން ގާސިމް ވާހަކަ ދެއްކެވީ، އަންގާރަ ދުވަހު އެ ބިލް މަޖިލީހަށް ހުށަހެޅުމުން ގިނަ މެމްބަރުންގެ ވާހަކައިގައި ރިސޯޓު ވަޒީފާ އަދާކުރާ ޒުވާނުންނަށް ރަނގަޅު މުސާރައެއް ނުލިބޭ ވާހަކަ ދެއްކުމުންނެވެ. ބައެއް މެމްބަރުން ވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި ދޭންޖެހޭ އިނާޔަތްތަކާއި، ސާވިސް ޗާގް ވެސް ބައެއް މުވައްޒަފުންނަށް ރިސޯޓުތަކުން ނުދޭކަން ފާހަގަކޮށް އެކަމާއި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް، ގާސިމް ވަނީ ކުނޫޒްގެ ޖަލްސާގައި އެކަމަށް ހިތްހަމަނުޖެހިވަޑައިގެން ވާހަކަ ދައްކަވާފައެވެ. ގާސިމް ވިދާޅުވީ އިންކަމް ޓެކްސް ވަކި ދާއިރާއަކުން ކޮންމެހެން ވަކި އަދަދެއް ދޭން ޖެހޭނެ ކަމަށް ކަނޑައެއް ނޭޅޭނެ ކަމަށެވެ. ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހީމް، ވިލާ ކުންފުނީގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭ މައްސަލަ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދެކެވެއެވެ. ނަމަވެސް، ގާސިމް ވަނީ، ވަކި ”މީހަކަށް“ މި ބިލު ފަރުމާއެއް ނުކުރެވޭނެ ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ. އަދި އެ ހައްދަވަނީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
”ވަކި ސެކްޓަރަކަށް ވަކި ދާއިރާއަކަށް ނުވަތަ ވަކި މީހަކަށް މާ ބޮޑު ބުރައެއް އަންނަ ގޮތަކަށް، ވަކި ސެކްޓަރެއްގައި މަސައްކަތް ކުރާ ބަޔަކަށް މިނިވަންވޭޖަކީ މިއޭ.. އެޔޭ.. ކިޔައިގެން ކަނޑައަޅަން ވެއްޖެނަމަ އެ މުޅިން ގޯސްވީ. އެހާ ހިސާބުން މުޅި އިންޑަސްޓްރީ ހަލާކުވެގެންދާނީ. އެއީ ޓްއަރިޒަމް އިންޑަސްޓްރީވިޔަސް، މަސްވެރިކަން ވިޔަސް އަދި އިމާރާތް ކުރުމުގެ ދާއިރާ ވިޔަސް“ އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަމުން އަންނަ ވިލާ ކުންފުނީގެ ވެރިޔާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިނިމަމް ވޭޖް ދިނުމަކީ މި ގައުމަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ. އެހެން ކަމުން އެ ނޫން ގޮތަކަށް ގައުމުގެ ސިޔާސަތު ބައްޓަން ކުރާނަމަ ގައުމު އެހާހިސާބުން އެއްލައިލެވެނީ ހަލާކެއްގެ ތެރެއަށް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ، އަދި އިގްތިސޯދީ ކަންކަން ވެސް ފުނޑުފުނޑު ވެގެން ގޮސްދާނެ ކަމަށާއި ގައުމަށް ލިބޭ ހުރިހާ އާމްދަނީއެއް ބޭރުވެގެން ދާނީ ދާނީ ތަފާތު ގޮތްގޮތަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެބަ އަޑު އަހަން 8،000 ރުފިޔާ އޭ 10،000 ރުފިޔާ އޭ ކަނޑައަޅަނީ. އަޅުގަނޑު ދަންނަވާނީ 8،000 ރުފިޔާ 10،000 ރުފިޔާ ހަދައިފިއްޔާ އަޅުގަނޑުމެން ހަލާކުވާނެ،“ ގާސިމް ވިދާޅުވިއެވެ.
އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ނިންމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެފެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ މިނިމަމް ވޭޖުގެ މަސައްކަތް ކުރުމަށްޓަކައި މީގެ ތިންމަސް ދުވަސް ކުރިން ވަނީ މިނިމަމް ވޭޖު ބޯޑެއް އެކުލަވާލައިފައެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އަރުވާނެ ކަމަށް މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުން ވަނީ ބުނެފަ އެވެ. އެ ބޯޑުން ބުނި ގޮތުގައި އެންމެ ކުޑަ މިނުން ދެވޭނެ މުސާރަ އާއި އުޖޫރަ ކަނޑައެޅުމަކީ ރާއްޖޭގައި އާ ކަމަކަށް ވާތީ ފުރިހަމަ މައުލޫމާތު އެއްކޮށް ދިރާސާ ހެދުން މުހިންމެވެ.
މިނިމަން ވޭޖަކަށް، އަށް ހާސް ރުފިޔާ ކަނޑައެޅުމަކީ ”ޒަހަރެއް“: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ