ޖޭއެސްސީގެ މެމްބަރު ކަމަށް ފަނޑިޔާރު ޝަފީއު އައްޔަން ކުރައްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އައްޔަން ކުރައްވައިފި އެވެ.
ޖޭއެސްސީއަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝަފީއު އިންތިހާބުކުރީ ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޓަޔާ ކުރެއްވުމުންނެވެ. 
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝަފީއު ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވައި، އޭނާއަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 
މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ. 
ފަނޑިޔާރު ޝަފީއު ކުރިން ވަނީ ފެމިލީ ކޯޓާއި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ