މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މާދަމާރޭ ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް ހަފްލާ, ޖެހިގެން އަންނަ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ..
މިއަދު ހަވީރު ޔޫތު މިނިސްޓްރީން ކުއްލި ގޮތަކަށް އެނިންމުން ނިންމީ، މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން މައުލޫމާތު ދޭތީކަމަށް ބުނެއެވެ. މިނިސްޓްރީން ބުނީ މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ލަފާކޮށްފައި ވާތީ، މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް ގާލާ ނައިޓް ހުކުރު ދުވަހުގެ ރެއަށް ފަސްކުރީކަމަށެވެ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އެވޯޑް ޝޯ، މޯލްޑިވްސް ސްޕޯޓްސް އެވޯޑް ޝޯގެ ހަފުލާ އެއް ރެޔަށް ލަސްކޮށްފައިވާ އިރު، އެ ހަފުލާއާ ވިދިގެން އޭގެ ކުރިއަށް ހުރި ބައެއް އިވެންޓްތައް ވެސް ވަނީ ޖެހިގެން އަންނަ ދުވަސްތަކަށް ފަސްކޮށްފައެވެ. އެގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރާއި, ރޭގަނޑު ބާއްވަން ތާވަލްކޮށްފައި އޮތް ކުޑަކުދިންގެ ހަވީރާއި މިޔުޒިކް ޝޯވް ވަނީ ހޮނިހިރު ދުވަހާއި, އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑަށް ބަދަލުކޮށްފައެވެ.
މިފަހަރުގެ އެވޯޑްޝޯއަށް ވެސް ދައުވަތު ދީގެން ކުޅިވަރުގެ މަޝްހޫރު ފަރާތްތަކަށް ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ފެބިއޯ ކަނަވާރޯއަކީ މިފަހަރުގެ އެވޯޑްޝޯގެ އެންމެ ހާއްސަ ގެސްޓެވެ.
މިފަހަރުގެ އެވޯޑްޝޯއަށް މިނިސްޓްރީން ރަނގަޅަށް ތައްޔާރުވަމުން އައި ނަމަވެސް އެވޯޑްޝޯގައި ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު ފުޓްސަލްއާއި، މިފަހުން ރާއްޖެއަށް މެޑަލް ލިބުނު ބީޗް ވޮލީ ބާކީކޮށްފައިވާތީ ގިނަބަޔަކު އަންނަނީ މިނިސްޓަރު އަހުމަދު މަހްލޫފްއަށް ފާޑު ކިޔަމުންނެވެ. އެކަމަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކުޅިވަރުތަކަށް އިނާމު ނުދެވެނީ ގައުމީ މުބާރާތެއް ނުބާއްވާތީ ކަމަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާ ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ