ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބު ކުރައްވައިފިއެވެ.
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވަނީ މިރޭ ކުރެއްވި ޓްވީޓެއްގައި ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމުން ޝާޒުއަށް މަރުހަބާ ވިދާޅުވެފައެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޒަމާނުއްސުރެ ޕީޕީއެމް ގެ ބޮޑު މެޖޯރިޓީ އޮތް ގުރައިދޫ ދާއިރާ އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހޯއްދެވި ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މި އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ވޯޓު ލާފައިވަނީ 2755 މީހުންނެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޖުމުލަ ހަ ވޯޓު ފޮޓުފޮށި ބަހައްޓާފައިވެއެވެ. އެއީ ގުޅީގައި އެއް ވޯޓު ފޮށި، މާފުށީގައި ދެ ވޯޓުފޮށި، ގުރައިދޫގައި ދެ ވޯޓު ފޮށި އަދި މާލޭގައި ހުރި ވޯޓު ފޮއްޓެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ޝާޒް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ