ހުޅުމާލެއިން ރޭ ކަރަންޓު ކެނޑުނީ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ

ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ރޭ ކަރަންޓު ކެނޑުނީ، ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އަދި ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ރޭ ކަރަންޓު ޚިދުމަތް މެދުކެނޑުމުން އެ މައްސަލަ އެއްކޮށް ހައްލުކޮށް ސްޓެލްކޯއިން ވަނީ އަލުން އެ ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ