ރަށްރަށުގެ ކުނީގެ ފީ ކަރަންޓު ބިލުގައި ނުހިމަނަން ނިންމައިފި

ރަށްރަށުގެ ކަރަންޓު ބިލުތަކުގައި ކުނި ބިލު ހިމެނުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމި ނިންމުން ބަދަލުކޮށްފިއެވެ.
ވެމްކޯއިން ކުރިން ނިންމާފައި އޮތީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރަށްރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ބިލާ ޔޫޓިލިޓީ ބިލު އެއްކޮށްލުމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެ ނިންމުން މިހާރު ވަނީ ބާތިލުކޮށްފައެވެ.
އެ ނިންމުން ބަދަލު ކުރުމާއެކު، ވެމްކޯއިން ދޭ ހިދުމަތުން ބިލު ކުރާނީ ހަމައެކަނި ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ވެމްކޯ އިން ބުނީ، ފައިސާ ދެއްކުމުގެ އިންތިޒާމުތައް ރަށްރަށުގައި ހުންނަ ވެމްކޯގެ އޮފީސްތަކުގައި ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
އަދި އަވަސްޕޭ ޕޯޓަލް މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ