ދިގު މުއްދަތުގެ ޖަލު ހުކުމެއް އޮތް, އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް, ޖަލު ބަންދުން ގެ ބަންދަށް ބަދަލުކޮށްފި އެވެ.
އެކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ޔަގީންކޮށްދީފަ އެވެ. ކަރެކްޝަންގެ މީޑިއާ އޮފިސަރު ވޮއިސްއަށް ވިދާޅުވީ ބައްސާމް ގެ ބަންދަށް ބަދަލުކޮށްފައި ވަނީ މިއަދު ކަމަށެވެ. އޭނާ ގެ ބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. ގެއަށް ބަދަލުކުރީ ވަގުތީ ގޮތުންނެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އުފުލި ޖިނާއީ ދައުވާތައް ސާބިތުވެ ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
އިތުރު ބައެއް ދައުވާތައް އަދިވެސް އުފުލާނެ ކަމަށް ބެލެވެ އެވެ.
ދިގު މުއްދަތުގެ ޖަލު ހުކުމެއް އޮތް ބައްސާމް ގެއަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ