އާންމު ފެރީތަކާއި ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭން ނިންމައިފި

އާންމު ފެރީތަކާއި ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭން ނިންމައިފި އެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި -- އެސްޓީއޯ އިން މިރޭ ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ހިދުމަތްދޭ ފިއުލް ސަޕްލައި މޯލްޑިވްސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވި ގޮތުގައި އާންމު ފެރީތަކާއި ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ. އެ ކުންފުނިން ބުނީ މާލޭ ސަރަހައްދުގައި ހިދުމަތް ދެމުންދާ އެފްއެސްއެމްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިނުވާ ކަމަށެވެ. އަދި އެސްޓީއޯ އިން ތެޔޮ ގަނެ އަތޮޅުތަކުގައި އެ ހިދުމަތް ދޭ ފަރާތްތަކަށް ވެސް ކުރީގެ އަގުގައި ތެޔޮ ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މަސްވެރީންނަށް ވެސް ކުރީގެ އަގުގައި ތެޔޮ ދަނީ ފޯރުކޮށް ދެމުންނެވެ.
މިއީ ސަރުކާރުގެ ނިންމުމަށް ރައްޔިތުންނަށް އޮތް މާލީ ބުރަ ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ. 
އެމެރިކާއާ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދީ މެދުއިރުމަތީގެ ހަމަނުޖެހުން ނަގާލުމާއި ގުޅިގެން ވަރުގަދަ ހަނގުރާމައެއް ވަނީ ފެށިފަ އެވެ. އެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މުޅި ދުނިޔޭގައި ވެސް ވަނީ އުފުލިފަ އެވެ. ރާއްޖޭގައި ވެސް ތެލުގެ އަގު އުފުލިފައިވެ އެވެ.
ސަރުކާރުން ދަނީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅު އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ